ކަނޑުމަތީގައި ހާލު ޖެހުނު ބޯޓަކަށް ސިފައިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފި

އިންޖީނު ހުއްޓި ކަނޑުމަތީގައި ހާލު ޖެހުނު ބޯޓަކަށް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ. އެމްއެންޑީއެފުން ބުނެފައިވަނީ 46 މީހުންނާއެކު މާލެއިން ފުރައިގެން ރ. އަތޮޅަށް ދަތުރުކުރި "ރަ...

13 Feb 2019 | 02:40

އިންޖީނު ހުއްޓި ކަނޑުމަތީގައި ހާލު ޖެހުނު ބޯޓަކަށް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ 46 މީހުންނާއެކު މާލެއިން ފުރައިގެން ރ. އަތޮޅަށް ދަތުރުކުރި "ރަހްމަތުﷲ" ނަމަކަށް ކިޔާ ބޯޓެއް ކ. ގާފަރާއި އިރު ހުޅަނގު އުތުރުން 15 ނޯޓިކަލް މޭލު ބޭރުން އިންޖީނު ހުއްޓިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ހަރަކާތްތެރިވާން ފަށާފައިވާކަމަށެވެ.

"މި ބޯޓުގައި 13 އަންހެނުންނާއި ދެ ކުޑަކުދިން އެބަތިބި" އެމްއެންޑީއެފުން ބުނެފައިވެއެވެ.

އެމްއެންޑީއެފުން އިތުރަށް ބުނެފައިވަނީ މިކަން ރިޕޯޓްކޮށްފައިވަނީ ރޭ ދަންވަރު 02:10 ހާއިރު ކަމަށެވެ.

ތަފްސީލް އަންނަނީ....

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް