މިއީ މިދިޔަ ހޯމަ ދުވަހު ޓައިމްސް އޮފް އިންޑިއާގައި ޝާއިޢު ކޮށްފައިވާ ލިޔުމެއްގެ ތަރުޖަމާއެކެވެ. ކެންސަރަކީ މި ކުޑަ ކުޑަ ދިވެހި ރާއްޖޭގައި ގިނަ ބައްޔަކަށް ވެފައިވާއިރު މި ލިޔުންކޮޅަކީ މުހިންމު ލިޔުންކޮޅެއް ކަމުގައި ވާނެކަމުގައި އުންމީދު ކުރަމެވެ.
ކެންސަރަކީ މީހާގެ ދިރިއުޅުން ބަދަލުކޮށްލާ ނުރައްކާތެރި ބައްޔެކެވެ. ކެވޭ، ބޮވޭ އެއްޗެއްގެ ސަބަބުން ކެންސަރަށް ނުރައްކާ ބޮޑުވާއިރު މޭވާ އާއި ތަރުކާރީ ހެއްދުމަށް ބޭނުންކުރާ ބޭސްބޭހުގައި ހިމެނޭ ކެމިކަލްގެ ސަބަބުންވެސް ކެންސަރު ޖެހެން މެދުވެރިވެއެވެ. ކެންސަރު ޖެހި ގޯސް ހާލަތަކަށް ގޮސްފި ނަމަ ކެންސަރުން ސަލާމަތްވުން އޮންނަނީ ވުމަށްވުރެ ނުވުން ގާތްކަމެއްގެ ގޮތުގައެވެ. ކެންސަރަށް ސީދާ ވަކި ހާއްސަ ބޭހެއް އަދި ހޯދިފައިނުވާއިރު އެންމެ ގިނައިން ދޭ ދެ ބާވަތުގެ ފަރުވާ އަކީ ކީމޯ ތެރަޕީ އާއި ރޭޑިއޭޝަން ތެރަޕީއެވެ.
ޓައިމްސް އޮފް އިންޑިއާގައި ލިޔެފައިވާ މި ދެންނެވި ލިޔުމުގައި ބުނެފައިވާގޮތުގައި ބައެއް ދިރާސާތަކުން ދައްކާގޮތުގައި ހިތި ފަތް ގަވާއިދުން ބޭނުންކުރާނަމަ (ކޮންމެ ދުވަހަކުވެސް ކޮންމެވެސް މިންވަރަކަށް ހިތިފަތް ކާނަމަ) ބައެއް ވައްތަރުގެ ކެންސަރުޖެހުމުން ދުރުކޮށްދެއެވެ. ހިތިފަތުގައި ނިމްބޮލައިޑް ނަމަކަށްކިޔާ ބާރުގަދަ ފައިޓޯކެމިކަލެއް ހިމެނޭ ކަމަށް ސައިންޓިސްޓުން ބުނެފައިވެއެވެ. އެ ކެމިކަލްގައި ކެންސަރާ ހަނގުރާމަ ކުރުމުގެ މާއްދާތައް އެކުލެވޭ ކަމަށް ބުނެފައިވެއެވެ.
މީގެ އިތުރުން ކެންސަރަށް ފަރުވާ ހޯދާއިރު ކީމޯ ތެރަޕީ ދެވޭއިރު ހަށިގަނޑަށް ލިބޭ ބަލިކަށިކަމުން ދުރުކޮށްދިނުމަށްވެސް ހިތި ފަތަކީ ވަރަށް ރަނގަޅު އެއްޗެއް ކަމުގައި ބުނެފައިވެއެވެ. އެގޮތުން ކީމޯ ތެރަޕީ އަދި ރޭޑިއޭޝަން ތެރަޕީ ދޭއިރު ހަށިގަނޑުގެ ދިފާއީ ނިޒާމު ބަލިކަށި ކޮށްލައެވެ. ހިތި ފަތް ކާނަމަ ދިފާއީ ނިޒާމް ވަރުގަދަ ކޮށްދިނުމުގެ އިތުރުން ކެންސަރު އިތުރަށް ފެތުރުމުގެ ނުރައްކާ ކުޑަކޮށްދޭކަމުގައިވެސް ބުނެފައިވެއެވެ.
ނަމަވެސް ހިތިފަތުގައި ސްޕާމިސައިޑް ނަމަކަށް ކިޔާ މާއްދާއެއް އެކުލެވޭކަމުން ހިތިފަތަކީ ދަރިފަނި މަރުވާހާ ބާރުގަދަ ފަތެއް ކަމުގައިވެސް ބުނެފައިވެއެވެ. އަދި މާބަނޑު އަންހެނުން ބަޑަށް ހަތަރެއް ނުވަތަ ފަސް މަސް ވުމުގެ ކުރިން ހިތިފަތް ނުކެއުމަށާއި ނޫންނަމަ ބައިގެންދިއުމުގެ ނުރައްކަލާ ކުރިމަތިލާންޖެހިދާނެ ކަމުގައިވެސް އެ ލިޔުމުގައި ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް