ކަޅު ފޮށިން ރައީސް މައުމޫނާ ދެކޮޅަށްވެސް ހެކި ލިބިއްޖެ: ފުލުހުން

އެންދެރިމާގެއިން ނެރެގެން ގެންދިޔަ ކަޅު ފޮށިން ކުރީގެ ރައީސް މައުމޫނާއި ދެކޮޅަށްވެސް ހެކި ލިބިފައިވާކަމުގައި ފުލުހުން ހާމަކޮށްފި އެވެ. ފުލުހުން މިކަން ހާމަކޮށްފައިވަނީ މީގެ ކުޑައިރުކޮޅެއް ކުރިން އިސްކ...

13 Feb 2018 | 11:15

އެންދެރިމާގެއިން ނެރެގެން ގެންދިޔަ ކަޅު ފޮށިން ކުރީގެ ރައީސް މައުމޫނާއި ދެކޮޅަށްވެސް ހެކި ލިބިފައިވާކަމުގައި ފުލުހުން ހާމަކޮށްފި އެވެ.

ފުލުހުން މިކަން ހާމަކޮށްފައިވަނީ މީގެ ކުޑައިރުކޮޅެއް ކުރިން އިސްކަންދަރު ކޮށީގައި ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެވެ.

ނޫސްވެރިންގެ އެ ބައްދަލުވުމުގައި ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމަށް ފާރިސް މައުމޫން، ރައީސް މައުމޫން މެދުވެރިކޮށް މަސައްކަތް ކުރިކަމުގެ ހެކި، ނަޖްމާ އިބްރާހިމްގެ ގެއިން ރިކަވަރ ކުރި ފޮށި ތެރެއިން ލިބިފައިވާކަމަށެވެ.

ފުލުހުން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައިވަނީ އެ ފޮށިން ފާރިސް މައުމޫން އާއި ދެކޮޅަށް ހެކި ލިބިފައިވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް