ފުލުހުންގެ ބަންދުގައިވާ ފަރާތްތަކާއި ވަކީލުން ބައްދަލުކުރުމުގެ ފުރުސަތު ދެވޭނީ ތަހުގީގަށް ސުވާލު ނުކުރާ ދުވަސްތަކުގައި ކަމުގައި ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނެފައިވަނީ ފުލުހުންގެ ބަންދުގައިވާ ފަރާތްތަކަށް ވަކީލުންގެ ފުރުސަތު ފުރު ނުދޭ ކަމަށް ބުނެ ފަތުރަމުން އަންނަނީ ހަގީގަތާ ހިލާފު ހަބަރެއް ކަމަށެވެ.
"ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް އަންނަންދެން، ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލަތަކުގައި ތަހުގީގުކުރާ ވަގުތުތައް ފިޔަވައި އެހެން ވަގުތުތަކުގައި ވަކީލުންނާ ބައްދަލުކުރުމަށް ދުވާލަކު 30 މިނެޓަށްވުރެ ދިގު ނުވާގޮތަށް ފުރުސަތު ދިނުމަށް ވަނީ ހަމަޖެހިފައި" ފުލުހުން ބުނެފައި ވެ އެވެ.
ފުލުހުން ބުނެފައިވަނީ މިގޮތަށް 30 މިނެޓް ގެ ފުރުސަތު ދެވޭނީ ކުށުގެ ތުހުމަތުގައިވާ ފަރާތުން އޭނާގެ ވަކީލާ ބައްދަލުކުރަން އެދެފި ނަމަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް