ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވަން ތައްޔާރަށް ހުރި ކަމަށް ދޭހަވާ ފަދަ ޓްވީޓެއް ކުރީގެ ރައީސް މައުމޫންގެ ދަރިކަނބަލުން ދުންޔާ މައުމޫން ކުރައްވައިފި އެވެ.
ދުންޔާގެ އެ ޓްވީޓްގައި ވިދާޅުވެފައިވަނީ ކުރިންވެސް ދުރަށް ދިޔަ ކަމަށާއި މިހާރުވެސް ދާން ތައްޔާރަށް ހުރި ކަމަށެވެ.
"އަޅުގަނޑު މިހުރީ ނިކުންނަން ތައްޔާރަށް. މީގެ ކުރިން ވެސް ހުންނާނީ ނިކުމެފައި. އަޅުގަނޑު ނިކުންނާނީ އެކަނި. އެ މީހެއްގެ ނިންމުމަކީ އަމިއްލަ ނިންމުމަށް ވާން ޖެހޭ. ސުވާލުކޮށްލަން ބޭނުންވަނީ އެއީތޯ ގައުމަށާއި ރައްޔިތުންނަށް މިވަގުތު އެންމެ ރަނގަޅު ނިންމުމަކީ؟" ދުންޔާގެ ޓްވީޓްގައި ވިދާޅުވެފައި ވެ އެވެ.
https://twitter.com/dunyamaumoon/status/963288821507883008
މައުލޫމާތު ލިބިފައިވާގޮތުގައި ރައީސް މައުމޫން ހައްޔަރު ކުރި ދުވަހުން ފެށިގެން ދުންޔާ މައުމޫން އޮފީހަށް ނިކުމެފައެއް ނުވެ އެވެ. މިއަދު ވަނީ ޗުއްޓީއެއް ނަގާފައި ކަމަށް ދުންޔާ ވިދާޅުވެފައިވާއިރު ޗުއްޓީ ނެންގެވީ ކިހާ މުއްދަތަކަށް ކަން ހާމަކުރައްވާފައެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް