ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާއި ގުޅިގެން އެކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުކުރެވިފައިނުވާ ދެމީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާ ގުޅިގެން އެދެމީހުން ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.
"މި އަމުރާއި ގުޅިގެން ހޯދަމުންދަނީ ކ.މާލެ، މ.ވެލިދޫގެ، މުޙައްމަދު ނަޢީމް (64އ) އާއި ސ.މަރަދޫފޭދޫ، ނަސީމީގެ، މުޙައްމަދު ޝާނީޒް (39އ) އެވެ." ފުލުހުން ބުނެފައި ވެ އެވެ.
ފުލުހުން ބުނީ މުޙައްމަދު ނަޢީމް ހޯދަމުންދަނީ، ސިވިލް ކޯޓުގައި ދަޢުވާކުރާ ޙުކުމް ތަންފީޛުކުރުމުގެ މައްސަލައަކާ ގުޅިގެން ކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުކުރެވިފައިނުވާތީ ބަންދުގައި ބަހައްޓައިގެން 2018 ފެބްރުއަރީ 13 ވަނަ ދުވަހުގެ 10:00 އަށް ކޯޓަށް ޙާޟިރުކުރުމަށް ފުލުހުންގެ މައްޗަށް ނެރެފައިވާ އަމުރަކާ ގުޅިގެން ކަމަށެވެ.
މުޙައްމަދު ޝާނީޒް ހޯދަމުންދަނީ، ޔުނައިޓެޑް އޮޓޯ މޯބައިލް ކޮންޕެނީ ޕލކ އިން ދަޢުވާކުރާ ޙުކުމް ތަންފީޛުކުރުމުގެ މައްސަލައަކާ ގުޅިގެން ކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުކުރެވިފައިނުވާތީ ބަންދުގައި ބަހައްޓައިގެން 2018 ފެބްރުއަރީ 14 ވަނަ ދުވަހުގެ 10:00 އަށް ކޯޓަށް ޙާޟިރުކުރުމަށް ފުލުހުންގެ މައްޗަށް ނެރެފައިވާ އަމުރަކާ ގުޅިގެން ކަމަށެވެ.
މިދެމީހުންނާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަމްބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުން ފުލުހުން އެދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް