ލޯންޗަކާއި ފެރީއެއް އެކްސިޑެންޓްވެ ތިން މީހަކަށް އަނިޔާވެއްޖެ

ވިލާ ޓްރެވަލްސްގެ ލޯންޗަކާއި މާލެއާއި އެއާޕޯޓާއި ދެމެދު ދަތުރުކުރާ ފެރީއަކާއި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެއެވެ. ފުލުހުން ބުނެފައިވާގޮތުގައި މި އެކްސިޑެންޓް ހިނ...

13 Jan 2020 | 17:52

ވިލާ ޓްރެވަލްސްގެ ލޯންޗަކާއި މާލެއާއި އެއާޕޯޓާއި ދެމެދު ދަތުރުކުރާ ފެރީއަކާއި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނެފައިވާގޮތުގައި މި އެކްސިޑެންޓް ހިނގި ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިރޭ 22:30 ހާއިރުގައެވެ.

"މި އެކްސިޑެންޓްގައި ތިން މީހަކަށް އަނިޔާވެގެން އައިޖީއެމްއެޗްއަށް ގެންގޮސްފައިވާކަމުގެ މައުލޫމާތު ލިބިފައިވޭ" ފުލުހުން ބުނެފައިވެއެވެ.

އެކްސިޑެންޓްގެ ބައެއް ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވެފައިވާއިރު ފޮޓޯތަކުން ފެންނަގޮތުގައި ފެރީއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. ލޯންޗަށް މާ ބޮޑު ގެއްލުމެއް ލިބިފައިވާކަން ފޮޓޯތަކުން ނުދައްކައެވެ.

ތަފްސީލް އަންނަނީ.....

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް