އިތުރު ޗާޖަކާ ނުލާ ސައިކަލު ގަނެވޭ އިންސްޓޯލްމަންޓް ޕްލޭން އެއް ލިޓަސް އިން ތައާރަފް ކޮށްފި

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ސައިކަލު ވިއްކާ ލިޓަސް އޮޓޯ މޮބައިލްސް އިން، އެއްވެސް އިތުރު ޗާޖަކާ ނުލާ ސައިކަލު ލިބޭ އިންސްޓޯލްމަންޓް ޕްލޭން އެއް ތައާރަފްކޮށްފިއެވެ. މި ޕްލޭން އަކީ ހަތަރު މަސް...

13 Jan 2020 | 11:08

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ސައިކަލު ވިއްކާ ލިޓަސް އޮޓޯ މޮބައިލްސް އިން، އެއްވެސް އިތުރު ޗާޖަކާ ނުލާ ސައިކަލު ލިބޭ އިންސްޓޯލްމަންޓް ޕްލޭން އެއް ތައާރަފްކޮށްފިއެވެ.

މި ޕްލޭން އަކީ ހަތަރު މަސް ދުވަހަށް ބަހާލައިގެން ސައިކަލަށް ފައިސާ ދައްކާލެވޭ ގޮތަށް ފަރުމާކޮށްފައިވާ ޕްލޭން އެކެވެ.

ލިޓަސްގެ "ފޯރ މަންތްސް ޕްލޭން" އާއި ބެހޭގޮތުން ދުވަހަށް މައުލޫމާތުދެއްވަމުން ލިޓަސްގެ ސީނިއަރ މާކެޓިން މެނޭޖަރ އާސިފް ރަޝީދު ވިދާޅުވީ މިއީ އިތުރު އެއްވެސް ޗާޖަކާ ނުލާ، ހަމަ އަގުގައި ސައިކަލު ބައްލަވައިގަނެވޭނެ، ރާއްޖޭގައި މިހާތަނަށް ތައާރަފް ކުރި އެންމެ ފުރަތަމަ ޕްލޭން ކަމަށެވެ.

"ފައިސާ ދެއްކުމަށް ކަސްޓަމަރުންނަށް ހަތަރު މަސް ލިބިގެންދާނެ، އެއްވެސް އިތުރު ޗާޖެއް ނުނަގާނެ" އާސިފް ވިދާޅުވިއެވެ.

ލިޓަސް އޮޓޯ މޮބައިލްސް އަންނަނީ ދިވެހިންގެ މަގުބޫލުކަން ހޯދާފައިވާ ސައިކަލުގެ ގިނަ ބްރޭންޑްތަކެއް ރާއްޖެ އެތެރެކޮށް މާކެޓް ކުރަމުންނެވެ. އަދި އަބަދުވެސް ލިޓަސް އިންނަނީ ތަފާތު ޕްރޮމޯޝަން ތަކާއި ކަސްޓަމަރުންނަށް ފަސޭހަވާނެފަދަ ކަންކަން ތައާރަފް ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް