ބިދޭސީއެއްގެ އަތުން ފޭރެން އުޅުނު ފުލުހަކު ހައްޔަރުކޮށްފި

ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ މީހެއްގެ އަތުން ފައިސާތަކެއް ފޭރެން އުޅުނު ކަމުގެ ތުހުމަތުގައި ފުލުހުންގެ މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ ބަންގްލަދޭޝަން ރައްޔިތެއްގެ އަތުން ވޯކް ޕާ...

13 Jan 2020 | 10:01

ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ މީހެއްގެ އަތުން ފައިސާތަކެއް ފޭރެން އުޅުނު ކަމުގެ ތުހުމަތުގައި ފުލުހުންގެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ބަންގްލަދޭޝަން ރައްޔިތެއްގެ އަތުން ވޯކް ޕާމިޓާއި ފައިސާ ފޭރެން އުޅުނުކަމުގެ ތުހުމަތުގައި ޖެނުއަރީ 12 ވަނަ ދުވަހުގެ 18:45 ހާއިރު ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ހައްޔަރު ކޮށްފައިވާ ދިވެހި މީހާއަކީ ފުލުހުންގެ ވަޒީފާގައި ޕޮލިސް ލާންސް ކޯޕްރަލްއެއްގެ މަގާމުގައި މަސައްކަތް ކުރަމުންދާ ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ 26 އަހަރުގެ ދިވެހި ފިރިހެނަކާއި 28 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.

އޭނާގެ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުން ތަހުގީގުކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ ފުލުސް މީހާގެ މައްޗަށް ފޭރުމުގެ ތުހުމަތު ކުރެވި، ހައްޔަރު ކުރުމާއެކު އޭނާ ވަޒީފާގެ މަސްއޫލިއްޔަތުން ދުރުކޮށްފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް