ހުޅުމާލޭ ހޮސްޕިޓަލްގައި މަސައްކަތް ކުރަމުންދާ ޑޮކްޓަރެއްވެސް ހިމަބިއްސަށް ޕޮޒިޓިވް ވެއްޖެއެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، މިހާރު އެ ޑޮކްޓަރަށް ދަނީ ފަރުވާ ދެމުންނެވެ.
ޑޮކްޓަރަކު އެ ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު، މިމަހުގެ 8 ވަނަ ދުވަހު އެ ބަލި އެންމެ ފުރަތަމަ ފެނިފައިވަނީ 3 އަހަރުގެ ކުއްޖެއްގެ ގައިންނެވެ. އޭގެ ފަހުން 17 އަހަރުގެ ކުއްޖަކަށްވެސް ވަނީ ހިމަބިއްސަށް ޕޮޒިޓިވް ވެގެން ފަރުވާ ދީފައެވެ.
ރާއްޖެއިން ހިމަބިހި ނައްތާލާފައިވަނިކޮށް، ހިމަ ބިހި ޖެހިގެން 3 މީހަކަށް ފަރުވާ ދެމުންދާތީ ހެލްތް މިނިސްޓްރީ އިން ވަނީ މިއަދު ހިމަބިހި ފެތުރެމުންދާ ކަން އިއުލާނުކޮށް ވެކްސިން ޖަހަން ފަށައިފައެވެ.
ރާއްޖެއަކީ ހިމަބިހި ނައްތާލެވިފައިވާ ގައުމެއް ކަމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ކަނޑައެޅީ 2017 ވަނަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް