މަރަދޫ ދަމަނަވެށިން ވެކްސިން ތައްގަނޑެއް ވަގަށް ނަގައިފި

. މަރަދޫ މަރަދޫގައި ހުންނަ ދަމަނަވެށިން ވެކްސިން ތައްގަނޑެއް ވަގަށް ނެގި މައްސަލަ އެއް ފެންމަތިވެއްޖެ އެވެ. ފުލުުހުން ބުނީ މިދިޔަ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު އައްޑޫ ސިޓީ މަރަދޫގައި ހުންނަ ދަމަނަވ...

13 Jan 2020 | 07:54

. މަރަދޫ މަރަދޫގައި ހުންނަ ދަމަނަވެށިން ވެކްސިން ތައްގަނޑެއް ވަގަށް ނެގި މައްސަލަ އެއް ފެންމަތިވެއްޖެ އެވެ.

ފުލުުހުން ބުނީ މިދިޔަ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު އައްޑޫ ސިޓީ މަރަދޫގައި ހުންނަ ދަމަނަވެށިން ވައްކަން ކޮށްފައިވާ މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަ ތަހްގީގު ކުރަމުންދާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި މަރަދޫ ދަމަނަ ވެށިން ވަގަށް ނަގާފައި ވަނީ ވެކްސިން ޖެހިކަން އަންގައިދިނުމަށް ޖަހާ ތައްގަނޑާއި ރަސްމީ ލިޔެކިޔުންތަކަކާއި އެ ލިޔުންތައް ބަލަހައްޓަން ބޭނުން ކުރި ކޮމްޕިއުޓަރުގެ ސީޕީޔޫ އެވެ.

ރާއްޖެއިން ނައްތާލާފައިވާ ބައްޔެއް ކަމަށްވާ ހިމަބިހި، މިހާރު ފެތުރެމުންދާތީ ހުރިހާ ވެކްސިނެއް ހަމައަށް ދިނުމަށް ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން ވަނީ ގޮވާލާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް