ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ މީހުނަށް އެ ޕާޓީގެ ޕްރައިމަރީއަށް ކުރިމަތިލާން ހުޅުވާލި މުއްދަތު އިތުރުކޮށްފި އެވެ.
ޕީޕީއެމް އިން މިއަދު ބުނީ އެ ޕާޓީގެ އިންތިހާބުގައި ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލާން ބޭނުންވާ މީހުން ފޯމު ހުށަހެޅުމަށް ހުޅުވާލި މުއްދަތު މިއަދުން ފެށިގެން މި މަހުގެ 24 ވަނަ ދުވަހުގެ ހަވީރު 4:00 އާ ހަމައަށް އިތުރު ކޮށްފައިވާ ކަމަށެވެ.
އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިހާބުގައި 983 ކައުންސިލަރުން އިންތިހާބު ކުރާނެ އެވެ.
އޭގެ ތެރެއިން 33 ޕަސެންޓް އަންހެނުންނަށް ހާއްސަ ކުރަން ގާނޫނުން ލާޒިމުކޮށްފައިވާތީ 370 ގޮނޑި ވަނީ ހާއްސަކޮށްފަ އެވެ.
ކައުންސިލް އިންތިހާބުގެ ގޮނޑިތަކަށް ޕީޕީއެމްގެ ޓިކެޓުގައި ވާދަ ކުރާ ކެންޑިޑޭޓުން ކަނޑައަޅަން ނިންމާފައި ވަނީ ޕާޓީގެ އެތެރޭގެ ޕްރައިމަރީއަކުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް