ރާއްޖެއިން ހިމަބިހި ޖެހިފައިވާ ކުޑަ ކުއްޖަކު ފެނުނު މައްސަލަ އާ ގުޅިގެން، ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު ޑރ. އަހްމަދު ފައިސަލް ކުރެއްވި ޓްވީޓަކަށް އެޑިއުކޭޝަން މިނިސްޓަރު ރައްދު ދެއްވައިފިއެވެ.
މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ، ތަޖުރިބާކާރު ބޭފުޅުން އެފަދަ ވާހަކަތައް ދެއްކެވުމަކީ އާއްމުންގެ ތެރޭގައި ބިރުވެރިކަމާއި ނުތަނަވަސްކަން ފެތުރޭނެ ކަމެއް ކަމަށެވެ.
"މައުލޫމާތު ހިއްސާކޮށްދެއްވާ، އޭރުން އަޅުގަނޑުމެންނަށް އެކަމަށް އަވަސް ފިޔަވަޅުތައް އެޅޭނީ" މިނިސްޓަރުގެ ޓްވީޓުގައި ވެ އެވެ
ވެކްސިން ނުޖަހާ މައްސަލަ ފެންމަތިވެފައި ވަނިކޮށް ޑރ. ފައިސަލް ވިދާޅުވީ އައްޑޫ ސިޓީގައި ހުންނަ ސްކޫލަކަށް ޑޯޒުތައް ފުރިހަމަ ނުކޮށް ކުދިން ވައްދާފައި ހުންނަ ކަމަށެވެ.
މި މައްސަލަ އާ ގުޅިގެން އެޗްޕީއޭގެ ބަހެއް ނުލިބުނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް