ޖަރުމަނު ވިސާ ނަގަން ވަގުތީ ބަޔޯމެޓްރިކް ކްލިނިކެއް

ޝެންގެން ވިސާ ނެގުމަށް ވަގުތީ ގޮތުން ވިސާ ބަޔޯމެޓްރިކް ކްލިނިކެއް ފޮރިން މިނިސްޓްރީގައި ހުޅުވަން ނިންމައިފި އެވެ. ފޮރިން މިނިސްޓްރީން މިއަދު ބުނީ އެ ކްލިނިކް އިންތިޒާމްކުރަނީ ރާއްޖެއަށް ކަނޑައަޅާފައި ...

13 Jan 2020 | 05:07

ޝެންގެން ވިސާ ނެގުމަށް ވަގުތީ ގޮތުން ވިސާ ބަޔޯމެޓްރިކް ކްލިނިކެއް ފޮރިން މިނިސްޓްރީގައި ހުޅުވަން ނިންމައިފި އެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ އެ ކްލިނިކް އިންތިޒާމްކުރަނީ ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ޖަރުމަންވިލާތުގެ އެމްބަސީގެ ފަރާތުން ކަމަށާއި އަންނަ މަހު ތިނަކުން ފަސް ވަނަ ދުވަހާ ހަމަޔަށް ކޮންމެ ދުވަހަކު ހެނދުނު 9:00 އިން ހަވީރު 6:00 އަށް ހިދުމަތް ލިބޭނެ ކަމަށެވެ.

އެ ވިސާ ކްލިނިކަކީ ޖަރުމަނުވިލާތަށް، ހާއްސަކޮށް އައިޓީބީ ފެއަރއާ ދިމާކޮށް ޖަރުމަންވިލާތުގެ ބަރލިންއަށް ޒިޔާރަތްކުރާ ދިވެހިންނަށް ޝެންގެން ވިސާ ނެގުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ކުރިއަށްގެންދާ ކްލިނިކެކެވެ.

ބަޔޯމެޓްރިކް ކްލިނިކްގެ އެޕޮއިންޓްމަންޓް ޖެނުއަރީ 25 ވަނަ ދުވަހުގެ ހަވީރު 5:30 ގެ ކުރިން ހައްދަން ފޮރިން މިނިސްޓްރީން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް