ޗައިނާގެ ބޮޑު ތިން ސިޓީ ކަމަށްވާ ބެއިޖިން އާއި ގުއަންޒޯ އަދި ޝަންހާއީގައި ރާއްޖޭގެ އައުޓްޑޯ ކެމްޕޭނެއް ފަށައިފި އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބުނީ މި ކެމްޕޭނުގެ ދަށުން ބެއިޖިންގެ އެންމެ ބޮޑު އޮފީސް އިމާރާތްތަކުގައި ރާއްޖޭގެ 2،000 ލެޑް ސްކްރީން އާއި ފަސް ޝޮޕިން މޯލްގެ ބޭރުގައި ބެހެއްޓިފައިވާ ލެޑް ސްކްރީންތަކުގައި ރާއްޖޭގެ ރީތި މަންޒަރު ފެންނަ ވީޑިއޯތައް ދައްކަމުންދާނެ ކަމަށެވެ.
އެމްއެމްޕީއާރުސީ އިން ބުނީ ޗައިނާ މާކެޓުގައި ރާއްޖެ އިޝްތިހާރުކޮށް، މި އަހަރު ދެ ފެއާއަކާއި ދެ ރޯޑްޝޯއެއްގައި ބައިވެރިވާން ހަމަޖެހިފައިވާ ކަމަށެވެ.
ޗައިނާ އިން މިދިޔަ އަހަރު ރާއްޖެއަށް 284،373 ފަތުރުވެރިން އައެވެ. ޗައިނާއަކީ އަދިވެސް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް