ކޯކު ފުޅީގެ މަތިގަޑުގައިވާ ނަންބަރު އެސްއެމްއެސް ކޮށްގެން އިނގިރޭސި ޕްރިމިއާ ލީގުގެ މެޗެއް ބަލައިލުމަށް ލަންޑަނަށް ދިޔުމުގެ ފުރުސަތު ކޮކާކޯލާއިން ރޭ ހުޅުވާލައިފިއެވެ.
ކޮކާ ކޯލާ އިން މިރޭ އެ ޕްރޮމޯޝަން ފަށާފައި ވަނީ އިންގްލިޝް ޕްރިމިއާ ލީގުގެ ޕާޓްނަރަކަށް ކޮކާ ކޯލާ ވުމާގުޅިގެންނެވެ.އަންނަ މާޗް މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެ ޕްރޮމޯޝަން އިފްތިތާހުކޮށްދިނީ ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި ގައުމީ ޓީމްގެ ކުރީގެ ގޯލް ކީޕަރު އިމްރާން މުހައްމަދެވެ.
ނަސީބުވެރި ދެ ފަރާތަކަށް ކޮންމެ ހަފްތާއަކު އެ ޕްރޮމޯޝަންގެ ދަށުން ޕްރިމިއާ ލީގުގެ މެޗެއް ބަލައިލުމަށް ލަންޑަނަށް ދިޔުމުގެ ފުރުސަތު ލިބިގެންދާނެކަމަށާއި، ގުރުއަތުން ހޮވޭ 45 ފަރާތަކަށް 45 އެލްއީޑީ ޓީވީވެސް ލިބިގެންދާނެ ކަމަށް ކޮކާ ކޯލާއިން ހާމަ ކުރެއެވެ.
މި ޕްރޮމޯޝަންގައި ބައިވެރި ވެވޭނީ ކޮކާކޯލާ ފުޅީގެ މަތިގަނޑުގައިވާ ނަމްބަރު 2626 އަށް އެސްއެމްއެސް ކުރުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް