ދިއްފުށްޓާއި މީރުފެންފުށްޓާއި ދެމެދަށް މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެއެވެ.
ފުލުހުން ބުނެފައިވަނީ ދެ ފަތުރުވެރިޔަކު މަރުވެފައިވާކަމުގެ މައުލޫމާތު މިއަދުގެ 10:56ހާއިރު ފުލުހުންނަށް ލިބިފައިވާކަމަށާއި މަރުވެފައިވަނީ ފިލިޕިންސްގެ 29 އަހަރުގެ ފިރިހެނަކާއި 30 އަހަރުގެ އަންހެނެއް ކަމަށެވެ.
ފުލުހުން އިތުރަށް ބުނެފައިވާގޮތުގައި ދިއްފުށީ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް މައުލޫމާތު ލިބިފައިވާކަމަށެވެ. މި މައްސަލަ ފުލުހުން މިހާރު ތަހުގީގު ކުރަމުން އަންނަކަމުގައިވެސް ފުލުހުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް