ދިވެހި ރާއްޖޭހެ ޤައުމީ ދިފާއީ ބަރާއެކު ރާއްޖޭގެ ކަނޑުގެ ސަރަހައްދު ޕެޓްރޯލް ކުރުމަށް އިންޑިޔަން ކޯސްޓް ގާޑް ޝިޕް ސަމަރްތު ރާއްޖެ އައިސްފައިވާއިރު އޭގާއި އާ ހެލިކޮޕްޓަރެއް ގެނެސްފައިވާކަމަށް އިންޑިއާގެ ކޯސްޓްގާޑުން ބުނެފިއެވެ.
އިންޑިއާގެ ކޯސްޓްގާޑުން ރޭ ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އެ މަނަވަރު ހިތަދުއާއި ގާތްކޮށްފައިވާއިރު އެޑްވާންސް ލައިޓް ހެލިކޮޕްޓަރެއް ގެނެސްފައިވާކަމަށާއި އެ ހެލިކޮޕްޓަރު ގެނައީ މިހާރު އައްޑޫގައި އޮތް ހެލިކޮޕްޓަރު ބަދަލު ކުރުމަށް ކަމަށެވެ.
https://twitter.com/IndiaCoastGuard/status/1084108895600013313
މިމަހުގެ 13 އިން 17 އަށް ރާއްޖޭހެ ޤައުމީ ދިފާއީ ބަރާއެކު ރާއްޖޭގެ ކަނޑުގެ ސަރަހައްދު ޕެޓްރޯލް ކުރުން ކުރިއަށްދާނެ ކަމުގައިވެސް އެ ޓްވީޓްގައި ބުނެފައިވެއެވެ.
މި ޕެޓްރޯލަކީ ދިވެހިރާއްޖޭގެ ސަރަހައްދުތަކުގައި ސިލްސިލާކޮށް ހިންގަމުންދާ ޕެޓްރޯލްތަކުގެ ތެރެއިން ހިންގޭ ޕެޓްރޯލެއް ކަމުގައި އެމްއެންޑީއެފުން ބުނެފައިވެއެވެ. މި ޕެޓްރޯލްތައް ފެށިފައިވަނީ 2009 ވަނަ އަހަރު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް