ނ މަގޫދޫ ކަންނެލި މަސް ދޯންޏަކުން، މާވަހަރެއް ކަމުގައި ބެލެވޭ އެއްޗެއް ހޮވައިފި އެވެ. މާވަހަރެއް ކަމުގައި ބެލެވޭ އެއްޗެއް ހހޮވާފައިވަނީ "ކަނޑުރޯދި" ނަމަކަށް ކިޔާ ދޯނިންނެވެ.
ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން އެ ދޯނީގެ ފަޅުވެރިއަކު ބުނެފައިވަނީ ކަންނެލީގެ މަސްވެރިކަމަށް ނިކުމެ އުޅެނިކޮށް މާވަހަރެއް ކަމުގައި ބެލެވޭ އެއްޗެއް އެ ދޯންޏަށް ފެނުނީ ހއ ކެލާގެ 60 ހަކަށް މޭލު ބޭރުން ކަމަށެވެ.
އެ ދޯނީގައި އެވަގުތު 10 މީހަކު ތިބި ކަމަށާއި ފެނުނު، މާވަހަރެއް ކަމުގައި ބެލެވޭ އެތީގެ ބަރުދަނުގައި 10 ކިލޯ އާއި 15 ކިލޯ ހުރި ކަމުގައި އެ ދޯނީގެ ފަޅުވެރިއަކު ބުނެފައި އެވެ.
މީޑިއާއަށް މައުލޫމާތު ހިއްސާކުރި ފަޅުވެރިޔާ ބުނެފައިވަނީ އެއީ މާވަހަރެއްކަން އަދި ކަށަވަރު ނުކުރެވޭ ކަމަށާއި ނަމަވެސް އެއީ މާވަހަރެއް ކަމުގައި ގިނަ ބަޔަކު ބުނާ ކަމަށެވެ. އަދި ޓެސްޓް ކުރުމަށް ސާމްޕަލް ބޭރަށްވެސް ފޮނުވާފައިވާނެ ކަމަށެވެ. އޭނާ އިތުރަށް ބުނެފައިވަނީ ދޯނި ދެން މަސްވެރިކަމަށް ނިކުންނާނީ ބޭރަށް ފޮނުވި ސާމްޕަލްތަކުގެ ނަތީޖާ ލިބުމުން، އެއީ މާވަހަރެއް ނަމަ އެ ވިއްކާލުމަށް ފަހުގައި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް