ސޯމާލިޔާ ދިދަ ޖެހި މަސް ބޯޓެއް ދިވެހި ކޯސްޓްގާޑުން ހިފަހައްޓައިފި

ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ކަނޑުގެ ސަރަހައްދުން ބޭރުގެ އިތުރު މަސް ބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ. އެމްއެންޑީއެފުން ބުނެފައިވަނީ "ޗޮޓްޕަޓައްނާ 51" ނަމަކަށް ކިޔާ މި ބޯޓ...

13 Jan 2018 | 05:14

ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ކަނޑުގެ ސަރަހައްދުން ބޭރުގެ އިތުރު މަސް ބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ "ޗޮޓްޕަޓައްނާ 51" ނަމަކަށް ކިޔާ މި ބޯޓް އެމްއެންޑީއެފް ކޯސްޓްގާޑަށް ފެނިފައި ވަނީ ރޭ 20:50 ހާއިރު ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުން، އދ. މާމިގިލީ ހުޅަނގު ދެކުނުން ނުވަ ނޯޓިކަލް މޭލު ބޭރުން ކަމަށެވެ. މިބޯޓްގައި ސޯމާލިއާގެ ދިދައެއް ނަގާފައި ހުރި އިރު ތައިލެންޑުގެ 12 ފަޅުވެރިން މި ބޯޓްގައި  ތިބި ކަމަށެވެ. އަދި މި ބޯޓުގައި 250 ޓަނު މަސް ވެސް ހުރި ކަމަށެވެ.

"މި ބޯޓް ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދަށް ވަދެފައި ވަނީ ތެލާއި ކާބޯތަކެތި ބޭނުންވާ ކަމަށް ސަރުކާރުގެ ކަމާއި ބެހޭ ފަރާތްތަކުގައި ދަންނަވައި، ހުއްދަ ދިނުމުގެ ކުރިން، އެހެންކަމުން ބޯޓުގެ ޢަމަލުތައް ހުރިގޮތުން އިތުރަށް ބަލަންޖެހޭ ކަންތައްތަކެއް ހުރުމާއެކު މިބޯޓް ވަނީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައި" އެމްއެންޑީއެފުން ބުނެފައި ވެ އެވެ.

އެމްއެންޑީއެފުން އިތުރަށް ބުނީ މިބޯޓް މާލެ ގެނައުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން މިހާރު ދަނީ ކުރަމުން ކަމަށާއި މި ބޯޓް މާލެ ގެނެވޭނެ ކަމަށް ލަފާ ކުރެވެނީ މިއަދު މެންދުރުފަހު 03:00 ހާއިރު ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް