ރިޔާސީ އިންތިހާބާއިގުޅޭ ބައެއް ވާހަކަ ރައީސް ނަޝީދު ޑރ. ޖަމީލާއި ހިއްސާ ކުރައްވައިފި

މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބާއި ބެހޭގޮތުން ބައެއް ވާހަކަތައް، ކުރީގެ ރައީސް މުހައްމަދު ނަޝީދު، މި ސަރުކާރުގެ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި ހިއްސާ ކުރައް...

13 Jan 2018 | 04:58

މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބާއި ބެހޭގޮތުން ބައެއް ވާހަކަތައް، ކުރީގެ ރައީސް މުހައްމަދު ނަޝީދު، މި ސަރުކާރުގެ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި ހިއްސާ ކުރައްވައިފި އެވެ.

އެގޮތުން ރައީސް ނަޝީދު، ޑރ ޖަމީލާއި ހިއްސާ ކުރެއްވި ވާހަކަފުޅުތަކަކީ ރިޔާސީ އިންތިހާބަށް އެއް ކެނޑިޑޭޓަކު ނެރުމުގެ ވާހަކަތައް ކަމުގައި ރައީސް ނަޝީދު ވަނީ ވިދާޅުވެފައި އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ މިއަދު ކުރެއްވި ޓްވީޓެއްގައި އެވެ.

https://twitter.com/MohamedNasheed/status/952035012630597632

އެ ޓްވީޓްގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ގުޅިފައިވާ ޕާޓީތަކުން އެއް ކެނޑިޑޭޓަކު ނެރުމާއި ގުޅޭގޮތުން ޕީޕީއެމްގެ އިންތިހާބީ ނައިބުރައީސް ޑރ. ޖަމީލް އާއި އެންމެ ފަހުގެ ވާހަކަތައް ހިއްސާ ކުރެވިއްޖެ ކަމުގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް