ނިމިދިޔަ 2017 ވަނަ އަހަރު އެކުގައިހެން ދިޔައީ، ފިލްމު ޕްރޮޑިއުސަރު ކަރަން ޖޯހަރު އާއި ބޮލީވުޑް ބަތޮލާ ކަންގަނާ ރަނޯވަތުގެ ބަހުގެ ހޫނު ހަމަލާތަކުގައި އެވެ.
ނަމަވެސް މި އަހަރުގެ ފެށުން ކަންގަނާ އަދި ކަރަން ފަށާފައި މިވަނީ ބައްދައިލުމަކުންނެވެ.
ކަންގަނާ އަދި ކަރަން ބައްދާލާފައިވަނީ، ކަރަން ކުރިއަށްގެންދާ ޝޯ، "ކޮފީ ވިތު ކަރަން" ގައި އެވެ. މި ޝޯއަށްފަހު ކަންގަނާ ބުނެފައިވަނީ ކަރަންގެ ރުޅިގަނޑު މައިތިރިވެ ކަރަންގެ ހިތް އޭނާއަށް މަޑުވަމުން އަންނަ ކަމުގެ އިހުސާސު ކުރެވިއްޖެ ކަމަށާއި އޭނާގެ ހިތުގައިވެސް ކަރަން އާއި ދެމެދު އެއްވެސް ހިތްބުރަ ކަމެއް މިހާރު ނެތް ކަމަށެވެ.
ކަރަން އާއި ކަންގަނާގެ މައްސަލަ ގޯސްވެފައިވަނީ "ކޮފީ ވިތު ކަރަން"ގައި ޝާހިދު ކަޕޫރާއި ސައިފް އަލީ ޚާނާ އެކު ކަންގަނާ ބައިވެރިވެ ކަރަންއަކީ ބޮލީވުޑްގެ ހުރިހާ ކަމަކަށް އެންމެ ނުފޫޒު ފޯރުވާ މީހާ ކަމަށް ބުނުމުންނެވެ. ކަންގަނާ ވަނީ އެޝޯގައި ކަރަންއަކީ ހަމައެކަނި ފިލްމީ ތަރިންގެ ދަރިން ނުވަތަ އިންޑަސްޓްރީ އަށް ނިސްބަތްވާ މީހުންގެ ދަރިން ޕްރޮމޯޓްކޮށް އެމީހުންނަށް އެ ދާއިރާއިން ފުރުސަތުތައް ހޯދައިދޭން މަސައްކަތްކުރާ މީހެއް ކަމަށް ބުނެފަ އެވެ. އެއާއެކު ކަރަން އަދި ކަންގަނާއާއި ދެމެދު ބަހުގެ ގިނަ ހަމަލާތަކެއް ބަދަލު ކޮށްފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް