ބޮލީވުޑްގެ ބަތޮލު ޝާހްރުކް ޚާން އާއެކު ފިލްމު ކުޅެލަން ފިސާރި ފަސޭހަ ކަމަށް ބޮލީވުޑް ބަތޮލާ ކާޖޮލް ދޭވްގަން ބުނެފި އެވެ.
ބަތޮލާ ކާޖޮލް މިހެން ބުނެފައިވަނީ އަނަންދު އެލް ރާއީގެ ފިލްމު "ޒީރޯ" ގައި މި ދެ ތަރިން އެކުގައި ފެނިގެންދާނެ ކަން ހާމަކޮށްފައިވަނިކޮށެވެ.
އެ ފިލްމުގެ ލީޑް ރޯލު ކުޅޭ ތަރިންގެ ތެރޭގައި ޝާހްރުކް ޚާން، ކާޖޮލް އަދި އަނުޝްކާ ޝަރުމާ އާއި ކެޓްރީނާ ކެއިފް ހިމެނެ އެވެ.
ކާޖަލް ބުނެފައިވާގޮތުގައި އޭނާ މި ފިލްމު ސިފަ ކުރަނީ "ކުޗް ކުޗް ހޯތާހޭ"ގެ ދެވަނަ ބައިގެ ގޮތުގައި އެވެ.
ޝާހްރުކް އަދި ކާޖަލް އަކީ އެކުގައި ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެފައިވާ ދެ ތަރިންނެވެ. މި ދެ ތަރިން އެކުގައި ކުޅެފައިވާ ފިލްމު ތަކުގެ ތެރޭގައި، ކަރަން އަރުޖޫން، ދިލްވާލޭ، ބާޒީގަރު، ޑުޕްލިކޭޓް، ދިލްވާލޭ ދުލަނިޔާ ލޭޖާއެނގޭ އަދި ކުޗްކުޗްހޯތާހޭ ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް