ޕަދުމަވަތު ގުޖުރާތުގައިވެސް ނާޅުވާނެ

މިހާތަނަށް ބޮލީވުޑް ފިލްމު އިންޑަސްޓްރީގައި އުފެއްދި އެންމެ މައްސަލަ ބޮޑު ފިލްމު "ޕަދުމަވަތު" ގުޖުރާތުގައި ނާޅުވާނެ ކަމަށް ގުޖުރާތުގެ ޗީވް މިނިސްޓަރު ވިޖޭ ރޫޕާނީ ބުނެފި އެވެ. މިއީ ރާޖަސްތާނަށްފަހު މި ...

13 Jan 2018 | 02:35

މިހާތަނަށް ބޮލީވުޑް ފިލްމު އިންޑަސްޓްރީގައި އުފެއްދި އެންމެ މައްސަލަ ބޮޑު ފިލްމު "ޕަދުމަވަތު" ގުޖުރާތުގައި ނާޅުވާނެ ކަމަށް ގުޖުރާތުގެ ޗީވް މިނިސްޓަރު ވިޖޭ ރޫޕާނީ ބުނެފި އެވެ.

މިއީ ރާޖަސްތާނަށްފަހު މި ފިލްމު ނާޅުވާން ބުނި، އިންޑިއާގެ ދެވަނައަށް އެންމެ ބޮޑު ސްޓޭޓް އެވެ.

މި ފިލްމު ނާޅުވާނެ ކަމަށް ނިންމާފައިވާ ސްޓޭޓްތަކުގެ ތެރޭގައި މަދްޔަ ޕްރަދޭޝް، އުއްތަރު ޕްރަދޭޝް އަދި ހަރިޔާނާ ހިމެނޭއިރު މި ފިލްމު ވެފައިވަނީ އިންތިހާއަށް މައްސަލަ ބޮޑު ފިލްމަކަށެވެ.

ދީޕިކާ ޕަދުކޯން، ޝާހިދު ކަޕޫރު އަދި ރަންވީރު ސިންގް މުހިއްމު ކެރެކްޓާތައް ކުޅެފައިވާ މި ފިލްމު ރިލީޒް ކުރުމަށް ނިންމާފައިވަނީ މި މަހު 25 ގައި އެވެ.

އިންޑިއާގެ އެކި ހިސާބުތަކުގައި މި ފިލްމު އެޅުވުން މަނާކޮށްފައިވާއިރު މި ފިލްމު ރިލީޒް ކުރުމުގެ ފައިނަލް ހުއްދަ ދީފައިވަނީވެސް ކުރިން މި ފިލްމަށް ކިޔާފައިވާ ނަން ކަމުގައިވާ "ޕަދުމަވަތީ" އިން "ޕަދުމަވަތު" އަށް ބަދަލު ކުރުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް