500 ރާތާ އުފުލޭ ވަރުގެ ޑްރޯން އެއް ބޮއިން ކުންފުނިން އުފައްދައިފި

ފްލައިޓް އުފެއްދުމުގައި މަޝްހޫރު ބޮއިން ކުންފުނިން ވަރުގަދަ ޑްރޯން އެއް އުފައްދައިފި އެވެ. އެ ކުންފުނިން ހާމަކޮށްފައިވާގޮތުގައި މި ޑްރޯން އަކީ 500 ރާތާ (227 ކިލޯ)ގެ ބަރުދަން އުފުލާލެވޭ ވަރުގެ ޑްރޯން އ...

13 Jan 2018 | 02:23

ފްލައިޓް އުފެއްދުމުގައި މަޝްހޫރު ބޮއިން ކުންފުނިން ވަރުގަދަ ޑްރޯން އެއް އުފައްދައިފި އެވެ. އެ ކުންފުނިން ހާމަކޮށްފައިވާގޮތުގައި މި ޑްރޯން އަކީ 500 ރާތާ (227 ކިލޯ)ގެ ބަރުދަން އުފުލާލެވޭ ވަރުގެ ޑްރޯން އެކެވެ.

މި ޑްރޯން އަށް ދީފައިވާ ނަމަކީ "އަންމޭންޑް އެލެކްޓްރިކް ވާޓިކަލް-ޓޭކްއޮފް-އެންޑް-ލޭންޑިންގް" ކުރުކޮށް ނަމަ އީވްޓޯލް އެވެ.

އެ ކުންފުނިން މި އުފެއްދުން އިއްޔެ ދައްކާލާފައިވާއިރު އެ ކުންފުނިން ބުނެފައިވަނީ މި ޑްރޯން އުފައްދަން އެ ކުންފުނީގެ އިންޖިނޭރުން ހޭދަކުރީ އެންމެ ތިން މަސް ކަމަށެވެ. އަދި މި އުފެއްދުން މިސޯރީގައި ހުންނަ އެ ކުންފުނީގެ ރިސާޗް ލެބުގައި ޓެސްޓް ކޮށްފައިވާކަމުގައިވެސް އެ ކުންފުނިން ބުނެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް