އެޗްޓީސީ އިން އަލަށް ނެރެން އުޅޭ، ޔޫ11 އީވައިއީ މޮޑެލްގެ ފޯނާއި ބެހޭ ގިނަ މައުލޫމާތުތަކެއް އިންޓަނެޓުގައި ލީކުވެއްޖެ އެވެ.
ޓެކްނޮލޮޖީގެ ހަބަރުތައް ގެނެސްދޭ ދަ ވާޖް ނޫހުގައި ބުނެފައިވާގޮތުގައި މި ފޯނުގެ ސްކްރރީން ސައިޒަކީ 1080 އަދި 2160 ޕިކްސެލް އެވެ. ޑިސްޕްލޭ އަކީ އެލްސީޑީ3 ޓެކްނޮލޮޖީގެ ޑިސްޕްލޭ އެކެވެ. ޕްރޮސެސަރ އަކީ ސްނެޕްޑްރެގަން 652 އޮކްޓަ ކޯ ޕްރޮސެސަރ އެކެވެ.
ރޭމްގެ ސައިޒަކީ 4 ޖީބީ ކަމުގައިވާއިރު މެމޮރީ ސައިޒަކީ 64 ޖީބީ އެވެ. ބެޓެރީ އަކީ 3930 އެމްއޭއެޗް ބެޓެރީ އެކެވެ. އަދި އޯއެސްއަކީ ނޯގަޓް ކަމުގައިވެްސ ރިޕޯޓް ކޮށްފައި ވެ އެވެ.
ކުރިމަތީގައި ދެ ކެމެރާ ހިމަނާފައިވާއިރު މި ފޯނު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ އާދީއްތަ ދުވަހު ކަމުގައި ބެލެވޭ ކަމުގައިވެސް ރިޕޯޓް ކޮށްފައި ވެ އެވެ. އަދި އަގު ކަމުގައި އަންދާޒާ ކޮށްފައިވަނީ 510 ޑޮލަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް