އަރިދަފުސް ރޯގާ އަކީ ފިނި މޫސުމުގައި އާންމު ކަމެކެވެ. ރާއްޖޭގައި ނަމަ ވައިރަލް ހުމެއް އުޅޭނަމަ އަރިދަފުސް ރޯގާގެ ކަންކަން އިތުރުވެގެން ދެ އެވެ.
އަރިދަފުސް ރޯގާއިން ސަލާމަތް ވުމަށް ގޭތެރޭގައި ކުރެވިދާނެ ކަންތައްތަކެއް އެބަހުއްޓެވެ. އެގޮތުން މި ބަލައިލަނީ އިނގުރު ބޭނުން ކޮށްގެން އަރިދަފުސް ރޯގާއަށް ކުރެވިދާނެ ތިން ފަރުވާ އެކެވ.
އިނގުރުފޮއްޗެއް ހެފުން
އިނގުރު ސަޔަކީ އެންމެންނަށް ކަމު ހިނގައިދާނެ އެއްޗަކަށް ނުވެދާނެ އެވެ. އިނގުރު ސައި ކަމުނުދާ ކަމުގައިވަނީ ނަމަ ކުޑަ އިނގުރުކޮލެއް (އިންޗިއެއް ވަރު ފޮއްޗެއް) އަނގަޔަށް ލައިގެން މަޑުމަޑުން ހެފުލުން ނިކުންނަ "ޖޫސް ފޮދު" ބޯލާށެވެ. އިސާހިތަކު ކަރަށް ލުއި ލިބޭނެ ކަމަށާއި އަރިދަފުސް ރޯގާއަށް މިއީ ރަނގަޅު ހައްލެއް ކަމުގައި މިކަން ތަޖުރިބާ ކޮށްފައިވާ މީހުން ބުނެ އެވެ.
އިނގުރު އަދި މާމުއި ޖޫސް
މިވެސް އިނގުރު ސައި ކަމުނުދާނަމަ އިނގުރު ބޭނުން ކުރެވިދާނެ ގޮތެކެވެ. ރޯ އިނގުރުކޮޅެއް ގާނާލާށެވެ. ނޫނީ ކުދިކޮށް ކޮށާލާށެވެ. އަދި ތާފަނާ ފެން ތައްޓަކަށް އިނގުރުކޮޅުތައް އެޅުމަށްފަހު ފަސް ވަރަކަށް މިނެޓު ބަހައްޓާލާށެވެ. އަދި ރަހަ މީރު ކޮށްލުމަށް ކުޑަ މާމުއިކޮޅެއް އެޅުމަށްފަހު ގިރައިގެން ބޯލާށެވެ. އިނގުރު އަދި މާމުއި ޖޫސް ދުވާލަކު ތިން ހަތަރު ފަހަރު ބޯލުމުން ރޯގާއަށް އެނގުންވެގެންދާނެ ކަމުގައި މިކަން ތަޖުރިބާ ކޮށްފައިވާ މީހުން ބުނެ އެވެ.
އިނގުރު ސައި
އިނގުރު ސަޔަކީ ސިއްހީ ގޮތުން އެތައް ފައިދާއެއް އެކުލެވޭ ސައެކެވެ. ލޭގެ ހިނގުން ރަނގަޅު ކޮށްދެ އެވެ. ނޭވާލާ ނިޒާމުގެ ބަލިތަކަށްވެސް ރަނގަޅު ބުއިމެކެވެ. ބޭރަށް ހިންގުމާއި މައިގްރޭން އަދި ބޯ އެނބުރުމާއި ހޮޑުލެވޭނަމަ އެކަމަށްވެސް އިނގުރު ސަޔަކީ ރަނގަޅު އެއްޗެކެވެ.
އިނގުރު ސައި ތައްޔާރު ކުރުމަށް ސައިތައްޓެއް ގިރުމަށްފަހު އިނގުރު ކުދިކޮށް ކޮށާފައި ނުވަތަ ގާނާފައި ސައިތައްޓަށް އެޅުމަށްފަހު ފަސް ވަރަކަށް މިނެޓު ބެހެއްޓުމުން އިނގުރާއި ސައި އެއްވެ ރޯގާއަށް ރަނގަޅު ބޭހަކަށް ވެ އެވެ.
އަރިދަފުސް ރޯގާ ޖެހިއްޖެ ނަމަ އެންމެ ރަނގަޅު ގޮތަކީ ޑޮކްޓަރެއްގެ ލަފާގެ މަތިން ބޭސް ކެއުމެވެ. ނަމަވެސް އިނގުރަކީ އަރިދަފުސް ރޯގާއިން ސަލާމަތްވުމަށް ގޭގައި ބޭނުން ކުރެވިދާނެ އެއްޗެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް