ރޭޕްކޮށް، މަރާލައި، އެއްލާލާފައި އޮއްވާ ފެނުނު ޒައިނަބު އަންސާރީގެ ގާތިލަކީ ސީރިއަލް ކިލާއެއް ކަމަށާއި އޭނާ މާ ލަސްތަކެއް ނުވެ އަތުލައިގަނެވޭނެ ކަމުގައި ޕާކިސްތާނުގެ ސަރުކާރުން ހާމަކޮށްފި އެވެ.
ރޭޕް ކުރުމަށްފަހު މަރާލާފައި އޮތް ޒައިނަބުގެ ހަށިގަނޑު، މިދިޔަ އަންގާރަ ދުވަހު ފެނިފައިވަނީ ކުނިގޮނޑަކުންނެވެ. ފެނުނީ އެ ކުއްޖާ ގެއްލިގެން އުޅޭތާ ދުވަސްކޮޅެއް ފަހުންނެވެ. ރޭޕް ކުރުމަށްފަހު މަރާލާފައިވަނީ ކަރުގައި ހިފައިގެން ކަމުގައި ޕާކިސްތާނުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ހާމަކޮށްފައި އެވެ.
ޕާކިސްތާނުން މިކަމާއި ބެހޭގޮތުން އެންމެ ފަހުން ހާމަކުރި މައުލޫމާތުތަކުގައި ބުނެފައިވަނީ ލިބެމުން އަންނަ ހެކީގެ އަލީގައި ގާތިލު ދާދި އަވަހަށް އަތުލައިގަނެވިދާނެކަމުގައި އަންދާޒާކުރެވޭ ކަމަށެވެ. އަދި ލިބުނު ހެކި ތަކަށް ބަލާއިރު ގާތިލަކީ ސީރިއަލް ކިލާއެއް ކަމުގައި ކަށަވަރު ކުރެވިފައިވާކަމުގައިވެސް ބުނެފައި ވެ އެވެ.
އުމުރުން އެންމެ އަށް އަހަރުގެ، ޒައިނަބު އަންސާރީ ނިސްބަތްވާ ސަރަހައްދުން އެކަނިވެސް އަށް ކުއްޖަކު މިފަދަ ރޭޕްތަކެއްގެ ޝިކާރައަކަށް ވެފައިވާއިރު ޕާކިސްތާނުގެ ކަމާބެހޭ ފަރާތްތަކުން ބުނެފައިވަނީ މިކަމާއި ގުޅިގެން މިހާރުވެސް ބަޔަކު ހައްޔަރުކޮށްފައިވާކަމަށާއި ތަހުގީގަށް ބޮޑެތި ކުރިއެރުންތަކެއް ލިބެމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް