މިސްރުގެ އުތުރުގެ ސަރަހައްދުތަކުގައިވެސް ކާފިއު އިއުލާނު ކޮށްފި

މިސްރުގައި ކުއްލި ހާލަތު އިއުލާނު ކޮށްފައިވާއިރު އުތުރުގެ ބައެއް ސަރަހައްދުތަކުގައިވެސް ކާފިއު ހިންގަން އެގައުމުން ނިންމައިފި އެވެ. މިކަން ނިންމިކަން ހާމަކޮށްފައިވަނީ އެގައުމުގެ ގައުމީ ގެޒެޓުގައި އެވެ...

13 Jan 2018 | 00:57

މިސްރުގައި ކުއްލި ހާލަތު އިއުލާނު ކޮށްފައިވާއިރު އުތުރުގެ ބައެއް ސަރަހައްދުތަކުގައިވެސް ކާފިއު ހިންގަން އެގައުމުން ނިންމައިފި އެވެ.

މިކަން ނިންމިކަން ހާމަކޮށްފައިވަނީ އެގައުމުގެ ގައުމީ ގެޒެޓުގައި އެވެ. ގެޒެޓުގައިވާގޮތުން މިއަދުން ފެށިގެން ރަފާ ބޯޑަރު ސަރަހައްދުގައި ރޭގަނޑު 07:00 އިން ފެށިގެން ހެނދުނު 06:00 އާއި ދެމެދުގެ ވަގުތަކީ ކާފިއު ހިނގާނެ ވަގުތެވެ. ރަފާ ބޯޑަރު ސަރަހައްދަކީ ފަލަސްތީނުގެ ގާޒާ އާއި ގުޅޭ ސަރަހައްދެވެ.

މިސްރުގައި އިއުލާނުކޮށްފައިވާ ކުއްލި ހާލަތު އިތުރު ތިން މަސް ދުވަހަށް އިތުރު ކޮށްފައިވަނީ މިދިޔަ ނޮވެމްބަރު މަހު މިސްކިތަކަށް ހަމަލާދީ 300 އަށްވުރެ ގިނަ މީހުން މަރާލި ހާދިސާއާއި ގުޅިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް