އިރާނުން އދ ގެ ނިންމުމާ ހިލާފުވެއްޖެކަން ކަށަވަރު ވެއްޖެ

ޔަމަނަށް ހަތިޔާރު ފޯރުކޮށްދިނުން ހުއްޓާލުމަށް އދ އިން އިރާނަށް އަންގައި އެކަން ފާސްކޮށްފައިވަނިކޮށް އެ ނިންމުމާއި އިރާނުން ހިލާފުވެއްޖެކަން އދގެ ރިޕޯޓަކުން ހާމަވެއްޖެ އެވެ. އޭޕީ އިން ހާމަކޮށްފައިވާ ރި...

13 Jan 2018 | 00:41

ޔަމަނަށް ހަތިޔާރު ފޯރުކޮށްދިނުން ހުއްޓާލުމަށް އދ އިން އިރާނަށް އަންގައި އެކަން ފާސްކޮށްފައިވަނިކޮށް އެ ނިންމުމާއި އިރާނުން ހިލާފުވެއްޖެކަން އދގެ ރިޕޯޓަކުން ހާމަވެއްޖެ އެވެ.

އޭޕީ އިން ހާމަކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ އެ ނިންމުން ނިންމިފަހުން، އިރާނުން ޔަމަނުގެ ހޫތީންނަށް ބެލިސްޓިކް މިސައިލު ފޯރުކޮށްދީފައިވާކަން ކަށަވަރުވަނީ ސައުދީއަށް ދާދި ފަހުން ފޮނުވާލި ބެލިސްޓިކް މިސައިލުތަކަކީ އިރާނުގައި އުފައްދާފައިވާ މިސައިލެއްކަން ކަށަވަރު ވުމުން ކަމަށެވެ.

އދ ގެ ކަމާބެހޭ ތަޖުރިބާކާރުން ބުނެފައިވަނީ އެކަން ކަށަވަރު ކުރެވިފައިވަނީ ބެލިސްޓިކް މިސައިލުތަކުގެ ބައިތައް ތަހުލީލު ކުރުމުން ކަމަށެވެ.

ޔަމަނުގެ ދާހިލީ ހަނގުރާމައަކީ 2015 ވަނަ އަހަރުގެ މާރިޗް މަހުން ފެށިގެން ހިނގަމުން އަންނަ ހަނގުރާމައެކެވެ. އެގައުމުގެ ސަރުކާރާއި ހޫތީންނާއި ދެމެދުގައި ހިނގަމުން އަންނަ މި ހަނގުރާމައިގާ ހޫތީންނަށް ވާގިވެރިވަނީ އިރާނުންނެވެ. ސަރުކާރަށް ވާގިވެރިވަނީ އަރަބި ކޯލީޝަނުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް