ރަސްމާދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތުގެ %74 ނިމިއްޖެ

ރ. ރަސްމާދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ %74 ނިމިއްޖެ ކަމަށާއި އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތް ވަނީ ނިމިފައި ކަމުގައި އެމަސައްކަތް ކުރިއަށް ގެންދާ ކުންފުނި ކަމުގައިވާ މޯ...

12 Dec 2021 | 11:59

ރ. ރަސްމާދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ %74 ނިމިއްޖެ ކަމަށާއި އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތް ވަނީ ނިމިފައި ކަމުގައި އެމަސައްކަތް ކުރިއަށް ގެންދާ ކުންފުނި ކަމުގައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މަޢުލޫމަތު ދެއްވައިފިއެވެ.

މި މަޝްރޫޢުގެ ދަށުން، 8100 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 377 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތް ހިމެނޭ ކަމުގައި އެމްޓީސީސީން ވިދާޅުވެއެވެ.

މީގެ އިތުރުން، 600 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، ނެރު ބައްތި ހަރުކުރުމާއި، މަގުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމުގައި އެ ކުންފުނިން މަޢުލޫމާތު ދެއެވެ.

މިއީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ 28.1 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް