އެމެކްސް ކާޑަށް ހާއްސަ ޕްރޮމޯޝަނެއްް ބީއެމްއެލްއިން ފަށައިފި

އެމެރިކަން އެކްސްޕްރެސް (އެމެކްސް) ކާޑަށް ހާއްސަކޮށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޕްރޮމޯޝަނެއް ފަށައިފި އެވެ. ބީއެމްއެލްއިން ބުނީ މި ޕްރޮމޯޝަނަކީ އެެމެކްސް ޑެބިޓް އަދި ކްރެޑިޓް ކާޑުން ކަސް...

12 Dec 2021 | 08:48

އެމެރިކަން އެކްސްޕްރެސް (އެމެކްސް) ކާޑަށް ހާއްސަކޮށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޕްރޮމޯޝަނެއް ފަށައިފި އެވެ.

ބީއެމްއެލްއިން ބުނީ މި ޕްރޮމޯޝަނަކީ އެެމެކްސް ޑެބިޓް އަދި ކްރެޑިޓް ކާޑުން ކަސްޓަަރުން ރާއްޖޭގައި ކުރާ ވިޔަފާރިތަކަށް ހާއްސަ ކުރެވިގެން ކުރިޔަށްދާ ޕްރޮމޯޝަނެއް ކަމަށެވެ. މި ޕްރޮމޯޝަންގެ ދަށުން ކަސްޓަމަރުގެ އިތުރުން މާޗަންޓަށް ވެސް ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ހަފްތާއަކު ނެގޭ ގުރުއަތުން ހޮވޭ ކަސްޓަމަރަކަށް އައިފޯން 13 ޕްރޯ އެއް ލިބޭނެއެވެ. އަދި ގުރުއަތުން ހޮވުނު ކަސްޓަމަރު ވިޔަފާރިކުރި ފަރާތް (މާޗަންޓަށް 25،000 ރުފިޔާ ލިބޭނެއެވެ.

މި ޕްރޮމޯޝަންގެ ގްރޭންޑް ޕްރައިޒް ގެ ގޮތުގައި ކަސްޓަމަރާއި މަރޗަންޓަށް 50،000 ރުފިޔާގެ ގިފްޓް ކާޑެއް ލިބިގެންދާނެއެވެ.

މި ޕްރޮމޯޝަން ކުރިޔަށް ދާނީ މިއަދުން ފެށިގެން އަންނަ މަހުގެ އަށް ވަނަ ދުވަހުގެ ނިޔަލަށެވެ. މި ޕްރޮމޯޝަނާއި ގުޅޭ މައުލޫމާތާއި އާންމު ޝަރުތުތައް ބޭންކުގެ ވެބްސައިޓްގައި ޝާއިއު ކުރެވިފައިވާނެއެވެ.

300،000 އަށް ވުރެ ގިނަ ކަސްޓަމަރުންނާއި 7،000 އަށް ވުރެ ގިނަ މާޗެންޓުންނާއެކު ބީއެމްއެލްއަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ކާޑު ދޫކުރުމާއި ކާޑުގެ ހިދުމަތް ބަލައިގަންނަ ބޭންކެވެ. މީގެ އިތުރުން ބޭންކް އޮފް މޯލްޑިވްސް އަކީ ރާއްޖޭގައި އެމެރިކަން އެކްސްޕްރެސްގެ އެކްސްކްލޫސިވް މެންބަރުވެސްމެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް