މޮރޮކޯއަށް ކިޔަވަންދާން ބޭނުންވާ 20 ދަރިވަރަކަށް ސްކޮލަރޝިޕްގެ ފުރުސަތު ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފި އެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މަޢުލޫމާތު ދޭ ގޮތުގައި މޮރޮކޯގެ ކޮލެޖު ތަކުން ކިޔެވުމުގެ ފުރުސަތު ހުޅުވާލާފައިވާ މި 20 ސްކޮލަޝިޕްގައި ކިޔަވާ ދަރިވަރުންނަށް ކޯސްފީ ހިލޭ ލިބޭނެ އެވެ. އަދި އެލަވަންސެއްގެ ގޮތުގައި ކޮންމެ މަހަކު 750 ދިރްހަމް ލިބޭނެ ކަމުގައި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރެއެވެ.
މީގެ އިތުރުން، އެހެން ކަންކަމުގެ އިންތިޒާމް ހަމަޖައްސަން ޖެހެނީ ދަރިވަރު އަމިއްލަ އަށް ކަމުގައި މިނިސްޓްރީން ވިދާޅުވެ އެވެ.
މި ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލާފައިވަނީ ބެޗްލަރސް، މާސްޓަރސް އަދި ޕީއެޗްޑީއަށް ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ކަމުގައި މިނިސްޓްރީން ހާމަކޮށްފައި ވެއެވެ.
މޮރޮކޯއަށް ބެޗްލާސް ޑިގްރީ ކިޔަވަން ދާން ބޭނުންވާ ދަރިވަރުންގެ ޝަރުތުތައް ކަމުގައި އެ މިނިސްޓްރީން ހާމަކޮށްފައި ވަނީ ޖީސީއީ އޯލެވެލް ފަސް މާއްދާ އިން ސީ އިން ފެށިގެން މަތީ ގްރޭޑްތަކުން ފާސްވެފައި ވުމާއި އޭލެވެލްގައި ތިން މާއްދާއިން އީ އިން ފެށިގެން މަތީ ގްރޭޑްތަކުން ފާސްވެފައިވުން ހިމެނެ އެވެ. އަދި އިނގެރޭސި ބަހުން ފާހެއް ވެސް އޮންނަން ޖެހޭ ކަމުގައި ވިދާޅުވެއެވެ.
މާސްޓާސް ކޯހަށް އެދޭ ދަރިވަރުން ވާން ޖެހޭނީ ކޯހާއި ގުޅޭ ދާއިރާއަކުން ބެޗްލާސް ޑިގްރީ ހާސިލްކޮށްފައިވުމާއި އެކު އެ ސްކޮލަޝިޕަށް ހުށަހަޅާ ޔުނިވާސިޓީ އަކުން އިތުރު ޝަރުތެއް ހުށަހަޅާނަމަ އެ ޝަރުތު ހަމަވާ ދަރިވަރަކަށް ކަމަށް ހަޔާ އެޑިއުކޭޝަނުން ހާމަކުރެއެވެ.
މީގެ އިތުރުން، ޕީއެޗްޑީއަށް ހުށަހަޅާ ދަރުވަރުންގެ ޝަރުތަކަކީ ކޯހާ ގުޅޭ ދާއިރާއަކުން މާސްޓާސް ޑިގްރީ ހާސިލްކޮށްފައިވުމާއި އެކު އެ ސްކޮލަޝިޕަށް ހުށަހަޅާ ޔުނިވާސިޓީ އަކުން އިތުރު ޝަރުތެއް ހުށަހަޅާނަމަ އެ ޝަރުތު ހަމަވާ ދަރިވަރަކަށް ކަމުގައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހާމަ ކުރެއެވެ.
އެ މިނިސްޓްރީން މަޢުލޫމާތުދޭ ގޮތުގައި ސްޓޫޑެންޓް ލޯނު ސްކީމަށް ހޮވިފައިވާ ކެންޑިޑޭޓަކަށް އެ ސްކޮލަޝިފް ފުރުސަތަށް އެޕްލިކެޝަން ހުށަނޭޅޭނެ އެވެ. އަދި އެހެން ސްކޮލަޝިޕަކަށް ނޮމިނޭޓް ކުރެވިފައިވާ ކެންޑިޑޭޓެއް އެ ސްކޮލަޝިފް ފުރުސަތަށް ނޮމިނޭޓް ނުކުރެވޭނެ ކަމުގައި ހާމަކޮށްފައި ވެއެވެ.
ސްކޮލާޝިފް ބޭނުންވާ ދަރިވަރުން އެޕްލިކޭޝަނާއި އެކުގައި ތައުލީމީ ސެޓިފިކެޓްގެ އިތުރުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީއަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހަޅާނީ އެ މިނިސްޓްރީގެ ފޯޓަލް މެދިވެރިކޮށް މިމަހުގެ 14 ވަނަ ދުވަހުގެ ކުރިން ކަމުގައި އެ މިނިސްޓްރީން ވިދާޅުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް