20 އިންސައްތަ ޑިސްކއުންޓާއެކު ނިޕޯން ޕެއިންޓް "އެކުލަ މިކުލަ" ޕްރޮމޯޝަން ފަށައިފި އެވެ.
އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަނުން އަހަރު ނިންމުމާއި ދިމާކޮށް "ފެށި މިޕްރޮމޯޝަން އިފްތިތާހު ކޮށްދެއްވީ އެސްޓީއޯގެ ޖެނެރަލް މެނޭޖަރ މަރިޔަމް ނުޒްލާ އެވެ.
ކުލައާއި ދަވާދު ގަންނަ ފަރާތްތަކަށް ޚާއްސަކޮށްގެން ކުރިއަށް ގެންދާ މިޕްރޮމޯޝަން ކުރިއަށް ދާނީ 12 ޑިސެމްބަރ އިން އަންނައަހަރުގެ ޖަނަވަރީ 12 ގެ ނިޔަަލަށް އެސްޓީއޯ ހޯމް އިމްޕްރޫވްމެންޓް އަދި އެސްޓީއޯ ހުޅުމާލެ ފިހާރައިގަ އެވެ.
މިޕްރޮމޯޝަން ހިނގަމުންދާ އިރު، ޕެއިންޓް އައިޓަމްސް ގަންނަ ފަރާތްތަކަށް ޚާއްސަކޮށްގެން ލަކީޑްރޯއެއްގައި ބައިވެރިވުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފަ އެވެ. މިގޮތުން 500 ރުފިޔާގެ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ. ހަފްތާއަކު އެއް ފަހަރު ނެގޭ މި ލަކީޑްރޯގެ އިތުރުން މި ޕްރޮމޯޝަން ނިމުމުން ނަސީބުވެރި 3 ފަރާތެއް ހޮވައި، އެއިން ކޮންމެ ފަރާތަކަށްވެސް ޑުބާއީ ދެކޮޅު ޓިކެޓް ލިބިގެންދާނެ އެވެ.
އެސްޓީއޯއިން އެތައް އަހަރެއް ކުރިން މާކެޓް ކުރަމުން އަންނަ ނިޕޯން ޕެއިންޓް އަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ލިބި، މަގްބޫލުކަން ހޯދާފައިވާ ބްރޭންޑެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް