ކ. އަތޮޅުން ފެށިގެން އދ. އަތޮޅަށް ޔެލޯ އެލާޓް ނެރެފި

ރާއްޖޭގެ މޫސުން ގޯސްވެ ކ. އަތޮޅުން ފެށިގެން އދ. އަތޮޅާއި ހަމައަށް ޔެލޯ އެލާޓް (ރީނދޫ ސަމާލު) ނެރެފި އެވެ. މޫސުމާއިބެހޭ ގައުމީ އިދާރާ އިން ޔެލޯ އެލަރޓް ނެރެފައިވަނީ މިއަދު މެންދުރު 12:15 އިން ފެށިގެން ...

12 Dec 2021 | 07:26

ރާއްޖޭގެ މޫސުން ގޯސްވެ ކ. އަތޮޅުން ފެށިގެން އދ. އަތޮޅާއި ހަމައަށް ޔެލޯ އެލާޓް (ރީނދޫ ސަމާލު) ނެރެފި އެވެ.

މޫސުމާއިބެހޭ ގައުމީ އިދާރާ އިން ޔެލޯ އެލަރޓް ނެރެފައިވަނީ މިއަދު މެންދުރު 12:15 އިން ފެށިގެން މިއަދު ހަވީރު 16:15 އާއި ހަމައަށެވެ.

މި ސަމާލުގައި ބުނެފައިވަނީ އެ ސަރަހައްދުގެ ރަށްތަކަށް ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ.

އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާ ކޮށްފަވެ އެވެ.

ރާއްޖޭގެ މޫސުން ގޯސް ވެފައިވާތީވެ، ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވެލެއްވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސް ކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް