ކޯވިޑް-19 ކޮންޓްރޯލް ކުރުމަށް މިއަދު ނުވަ ރަށެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.
އެޗްޕީއޭއިން ބުނީ މިއަދު މޮނިޓަރިންގެ ހާލަތަށް ގެނައީ ހދ. ހަނިމާދޫ، ނ. ލަންދޫ، މިލަދޫ، ބ. އޭދަފުށި، ޅ. ހިންނަވަރު، ތ. ވިލުފުށި، ހިރިލަންދޫ އަދި ގދ. ރަތަފަންދޫ އެވެ.
މީގެ ތެރެއިން ހަނިމާދޫއިން އިއްޔެ އެކަނިވެސް 16 މީހުން ޕޮސިޓިވްވެފައިވާއިރު ވިލުފުށިން27 މީހުންނަށް ކޯވިޑް ޖެހިފައިވެ އެވެ. ގިނަ ރަށްތަކެއް ކުއްލިއަކަށް މޮނިޓަރިންގެ ހާލަތަށް ގެނައި އިރު އަތޮޅު ތެރޭގައި ކޯވިޑް އަދަދުތައް50ން ދަށް ނުވާތާ މިހާރު ތިން މަސްވަރުވެއްޖެ އެވެ.
އެޗްޕީއޭއިން ބުނީ ކޯވިޑް ފެތުރޭތީ މޮނިޓަރިންގެ ހާލަތުގައި ހުރި ރަށްތަކުން ބަލި ކޮންޓްރޯލް ކުރުމަށް ސިއްހީ އިދާރާތަކުން ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. މޮނިޓަރިންގެ ހާލަތުގައި އޮންނަތާ އެންމެ ގިނަ ދުވަސްވެފައިވަނީ އައްޑޫ ސިޓީގެ ރަށްތަކެވެ.
އެ ސިޓީގެ ގުޅިފައިވާ ރަށްތަށް މޮނިޓަރިންގެ ހާލަތަށް ގެނައީ މިދިޔަ އޮގަސްޓު މަހުގެ28 ވަނަ ދުވަހު އެވެ. އަދި ހުޅުމީދޫ ސެމްޓެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު މޮނިޓަރިންއަށް ލާފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް