ރާއްޖެއިން ކޯވިޑަށް ފަރުވާ ދެމުން ދިޔަ އިތުރު މީހަކު އެ ބަލީގައި ނިޔާވެއްޖެއެވެ.
މަރުވެފައި ވަނީ ބ. އޭދަފުށީ ކޮވިޑް ފެޝިލިޓީގައި ފަރުވާ ދެމުންދިޔަ ބ. ދޮންފަނު ދިވެހި އަންހެނެކެވެ.
އެޗްޕީއޭ އިން ވިދާޅުވީ ކޮވިޑް ޖެހިގެން ބ. އޭދަފުށީ ކޮވިޑް ފެސިލިޓީ ގައި ފަރުވާ ދެމުން ގެންދިޔަ 80 އަހަރުގެ ދިވެހި އަންހެނަކު މިއަދު ހެނދުނު ނިޔާވެފައިވާ ކަމަށެވެ. އެމީހާ ނިޔާވެފައި ވަނީ މިއަދު ހެނދުނު 6:35 އެހާ ކަންހާ އިރު ކަމަށް އެޗްޕީއޭ އިން ވިދާޅުވެއެވެ.
މިއަދު ނިޔާވި މީހާ އާއި އެކު މި ބަލީގައި ރާއްޖޭން ނިޔާވި މީހުންގެ އަދަދު މިހާރު މިވަނީ 258 އަށް އަރާފައެވެ.
އެޗްޕީއޭއިން އެންމެ ފަހުން ނެރުނު ތަފާސް ހިސާބު ތަކުން ދައްކާ ގޮތުގައި މިވަގުތު ކޮވިޑް-19 ޖެހިގެން ފަރުވާ ދެމުންދަނީ 1،933 މީހުންނަށް ކަމަށެވެ. އޭގެ ތެރެއިން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދަނީ 15 މީހުންނަށެވެ.
ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 90،861 މީހުން ވަނީ ބަލިން ރަނގަޅުވެފައި އެވެ. ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިފައިވަނީ 93،064 މީހުންނަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް