ގދ. ތިނަދޫ ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލް މަރާމާތު ކުރުމުގެ މަސައްކަތުގެ64 ޕަސެންޓު ނިންމައިފި އެވެ.
އެ މަޝްރޫއު ކުރިޔަށް ގެންދަނީ އެމްޓީސީސީންނެވެ.
އެ ކުންފުނިން ބުނީ މިހާރު ކުރަމުންދަނީ އޯޕީޑީގައި އެއާކޮންޑިޝަން ހަރުކުރުމުގެ މަސައްކަތް ކަމަށެވެ.
އެ މަސައްކަތް ފަށާފައިވަނީ މިމަހުގެ ނުވަ ވަނަ ދުވަހު އެވެ.
މި މަޝްރޫޢުގެ ދަށުން އޯޕީޑީ އިމާރާތާއި ވިއްސާ ކޮޓަރި ހުންނަ އިމާރާތް އެޅުމުގެ އިތުރުން އިމަރޖެންސީ ރޫމް މަރާމާތު ކުރުމުގެ މަސައްކަތް ހިމެނެ އެވެ.
މިއ 33.5 މިލިއަން ރުފިޔާގެ މަޝްރޫއެ ކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް