"ބިގްބޮސް 15" ތަރުހީބު ކުޑަވެފަވަނިކޮށް ޕްރޮގްރާމް ހުށަހަޅައިދޭ ސަލްމާން ބަދަލު ކުރަނީ!

އިންޑިއާގެ އެންމެ މަޝްހޫރު އެއް ރިއާލިޓީ ޝޯ "ބިގްބޮސް" 15 ފެށިގެން މިހާރު ކުރިޔަށްދާއިރު އެ ޝޯއަށް އާންމުންގެ މެދުގައި އޮތް ތަރުހީބު ކުޑަވަމުންދާކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ. ޝޯގެ ތަރުހީބު ކުޑ...

12 Dec 2021 | 04:13

އިންޑިއާގެ އެންމެ މަޝްހޫރު އެއް ރިއާލިޓީ ޝޯ "ބިގްބޮސް" 15 ފެށިގެން މިހާރު ކުރިޔަށްދާއިރު އެ ޝޯއަށް އާންމުންގެ މެދުގައި އޮތް ތަރުހީބު ކުޑަވަމުންދާކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

ޝޯގެ ތަރުހީބު ކުޑަވެ ބަލާ މީހުންގެ މަދުވަމުންދާތީ ސަޕޯޓަރުންނާއި ޝޯގެ ބައިވެރިން ކަންބޮޑުވެފައި ތިއްބެ ޝޯގެ ހޮސްޓު ސަލްމާން ހާން ބަދަލުވާން އުޅޭކަން ވަނީ ޔަގީންވެފައި އެވެ. މިހާތަނަށް ޝޯ ކާމިޔާބު ކަމާއި އެކު ކުރިޔަށް ދިއުމުގެ ސިއްރުތަކުގެ ތެރޭގައި ސަލްމާން އެ ޝޯ ހުށަހަޅައި ދިނުންވެސް ހިމެނެ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި ސަލްމާންގެ ބަދަލު ޝޯ ހުށަހަޅަން ހަމަޖައްސާފައިވަނީ އެ ޝޯގައި ކުރިން ބައިވެރިވި ޝެހެނާޒް ގިލް އެވެ. "ބިގްބޮސް 15" ގެ އެޕިސޯޑެއްގައި ސަލްމާނާއި އެކު ޝެހެނާޒް ޝޯ ހުށަހެޅުމަށް މީގެ ކުރިން ބައިވެރިވެފައިވެ އެވެ.

މިކަމާއި ގުޅިގެން ސަލްމާންގެ ސަޕޯޓަރުން ވަރަށް ނުރުހުން ފާޅު ކުރަމުންދަނިކޮށް އެނގުނު ގޮތުގައި މިއީ ދާއިމީ ބަދަލެއް ނޫނެވެ. ސަލްމާންގެ ބަދަލު އެހެން މީހަކު ޝޯ ހުށަހަޅަން ހަމަޖައްސަން ޖެހުނީ ފިލްމީ މަސައްކަތްތަކާއި ގުޅިގެން ސަލްމާން މާ ބޮޑަށް ބިޒީވެ ޝޯއަށް ވަގުތު ދެވެން ނެތިގެންނެވެ.

ސަލްމާން ޝޯ އާއި ވަގުތީ ގޮތުން ވަކިވާން ޖެހެނީ ހެންސް އާއި ދަބަންގް ޓުއާއަށްއަށް ވަގުތު ދޭން ޖެހޭތީ އެވެ. އެހެން ކަމުން ސަލްމާނަށް "ބިގްބޮސް 15" ގައި ބައިވެރި ނުވެވޭނީ ދެ އެޕިސޯޑު ވަރުކަމަށްވެ އެވެ. އެއީ އޭނާ ފެނިގެންދާ ވީކެންޑް ކާ ވާރް ގައި އެވެ.

ޝެހެނާޒް ޝޯ ހުށަހަޅައި ދިނުމަށް ނިންމާފައިވާއިރު ޝޯގެ ރޭޓިން ދައްވާތީ މީގެ ކުރިން ވައިލްޑް ކާޑް އެންޓްރީގައި އޭނާ ބިގްބޮސް ގެއަށް ވެއްދުމަށްވެސް ޝޯގެ ޕްރޮޑަކްޝަން ޓީމުން މަސައްކަތް ކޮށްފައިވެ އެވެ. އެކަމަކު އެ ފުރުސަތު ބޭނުން ކުރަން ޝެހެނާޒް ދެކޮޅު ހެދި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް