އަންނަ އަހަރު ސަރުކާރު ބަންދު ދުވަސްތަކުގެ ތެރެއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިތުރު ހަ ދުވަސް އިތުރު ކުރައްވައިފިއެވެ.
ރައީސް އޮފީހުން މައުލޫމާތުދެއްވާގޮތުގައި އެ ދުވަސްތަކަކީ ޖަނަވަރީ 2، މެއި 27، މެއި 28، ޖުލައި 28، ޖުލައި 29 އަދި ނޮވެމްބަރު 12 އެވެ.
މިނިންމުމާއެކު އަންނަ އަހަރުގެ ރަސްމީ ބަންދު ދުވަސްތަކުގެ އަދަދު 25 އަށް އަރާނެއެވެ. މިހާރު ބާޒާރަށް ނެރެފައިވާ ބައެއް ކަލަންޑަރުތަކަށް ބަލާއިރު ބަންދު ދުވަސްތައް ކަމުގައި ބުނެފައިވަނީ 19 ދުވަހެކެވެ.
އަންނަ އަހަރު ސަރުކާރު ބަންދު 25 ދުވަހެއް އަންނައިރު މި ހިނގާ 2019 ވަނަ އަހަރު ސަރުކާރު ބަންދު ދުވަސްތަކުގެ ގޮތުގައި ކަނޑައަޅާފައިވަނީ 22 ދުވަހެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް