ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލާން ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)އިން ހުޅުވާލައިފިއެވެ.
ޖޭއެސްސީން ކޮށްފައިވާ އިއުލާނެއްގައި ބުނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަޤާމު ހުސްވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާ ދިނުމަށްޓަކައި އެމަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ.
ޖޭއެސްސީން އެކޯޓަށް ފަނޑިޔާރަކު މި ހޯދަނީ އެމަޤާމުގައި ހުންނެވި އަބްދުލްޣަނީ މުހައްމަދުގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވެ އޭނާ މަޤާމުން ވަކިކުރުމާއި ގުޅިގެންނެވެ.
މިފަހަކުންވެސް ވަނީ އުއްތަމަ ފަނޑިޔާރުގެ މަޤާމަށް މުހްތަސިމް އަދްނާން އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ހުސްނުއްސުއޫދު އައްޔަންކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް