ދަރުމަވަންތަ ހޮސްޕިޓަލަށް ފިޒިއޯ ތެރަޕީ ހޯދަން ދިޔަ އަންހެނަކު ރޭޕް ކުރަން އެ ހޮސްޕިޓަލުގެ ޑަކުޓަރަކު އުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހުން ބަލަން ފަސައިފިއެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ މިފަދަ މައްސަލައެއް މިދިޔަ މަހުގެ ނުވަނަ ވަނަ ދުވަހު ހުށަހަޅާފައިވާކަމަށާއި އެ މައްސަލަ ހުށަހަޅާފައިވަނީ އެ ހޮސްޕިޓަލަށް ފިޒިއޮތެރަޕީ ހޯދަން ދިޔަ 19 އަހަރުގެ އަންހެނެއް ކަމަށެވެ.
މި މައްސަލައިގެ ތުހުމަތު ކުރަނީ އުމުރުން 28 އަހަރުގެ އިންޑިއާގެ ޑަކުޓަރަކަށް ކަމުގައިވެސް ފުލުހުން ވިދާޅުވިއެވެ. ނަމަވެސް މި މައްސަލައިގާ އަދި އެމީހާ ހައްޔަރުކޮށްފައި ނުވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން އިތުރަށް ވިދާޅުވީ މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް