އިންޑީއާގައި ދެއެކުވެރިންގެ މެދުގައި ކުރިއަށްގެންދިޔަ މުބާރާތެއްގައި 42 ކެއްކި ބިސް ކެއި މީހަކު މަރުވެއްޖެ އެވެ.
އިންޑީއާގެ އުއްތަރު ޕްރަދޭޝްގެ ޖޯންޕޫރުގައި ކުރިއަށްގެންދިޔަ މިމުބާރާތެއްގައި ބިސް ކައިގެން މަރުވެފައި ވަނީ ސުބާޝް ޔާދަވް ނަމަކަށް ކިއުނު 42 އަހަރުގެ މީހެކެވެ.
ސުބާޝް މަރުވެފައި ވަނީ 41 ވަނަ ބިސް ކައި ނިމިގެން 42 ވަނަ ބިސް ކަނިކޮށެވެ. އޭނާ ކުއްލިއަކަށް ވެއްޓުމުން ވަގުތުން ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އޭނާ ބެލި ޑޮކްޓަރުން ބުނީ، އޭނާ މަރުވެފައި ވަނީ މާގިނައިން ކެއުމުގެ ސަބަބުންނެވެ. އޭނާ މަރުވީ ހޮސްޕިޓަލަށް ގެންދެވުނުތާ ގަޑިއިރެއް ފަހުންނެވެ.
ސުބާޝް އާއި އޭނާގެ އެކުވެރިއެއް ކަމަށްވާ ބީބީގަންޖް، ޖޯންޕޫރުގެ މާރުކޭޓަށް ގޮސް އުޅުމުގެ ތެރޭގައި ދެމީހުންގެ މެދުގައި ދެބަސްވުމެއް އުފެދުމުގެ ސަބަބުން ބިސް ކއެުމުގެ މުބާރާތެއް ކުރިއަށްގެންދިއުމަށް ދެމީހުން ނިންމިއެވެ. މި ދެބަސްވުމުގެ ތެރެއިން 50 ބިސް ކެވޭ މީހަކަށް 2000 ރުޕީސް ދޭގޮތަށް ދެމީހުން ވަނީ ނިންމާފައެވެ. އެގޮތުން މިހާދިސާ ހިނގާފައި ވަނީ ވާދައަށް ދެއެކުވެރިން ބިސް ކަމުންދިޔަ ދަނޑިވަޅެއްގަ އެވެ.
ސުބާޝް އަކީ ހަތަރު ކުދިންގެ ބައްޕަ އެވެ. އޭނާގެ ފުރަތަމަ ކައިވެންޏަށް ހަތަރު އަންހެން ކުދިން ވަނީ ލިބިފައެވެ. މީގެ ނުވަމަސް ކުރިން އާކައިވެންޏެއްކޮށް އޭނާ ފަސްވަނަ ދަރިއެއްގެ ބައްޕައަކަށް ވާނެކަމަށް އިންޑިއާގެ ޚަބަރުތައް ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް