ޖީއެން ސައިކަލުގެ ސޭލެއް ލޮޓަސް އިން ފަށައިފި

ޒުވާނުންގެ މެދުގައި މަގްބޫލް ސުޒޫކީ ޖީއެން 125 އެޗްގެ ހާއްސަ ސޭލެއް ލޮޓަސް ބައިކް ޝޮޕުން ފަށައިފިއެވެ. "ނޮވެމްބަރ ސޭލް" ގެނަމުގައި ކުރިއަށްދާ މި ސޭލް ކުރިއަށްދަނީ މިއަދުން ފެށިގެން މި މަހުގެ 30 ގެ ނިޔ...

12 Nov 2019 | 07:35

ޒުވާނުންގެ މެދުގައި މަގްބޫލް ސުޒޫކީ ޖީއެން 125 އެޗްގެ ހާއްސަ ސޭލެއް ލޮޓަސް ބައިކް ޝޮޕުން ފަށައިފިއެވެ.

"ނޮވެމްބަރ ސޭލް" ގެނަމުގައި ކުރިއަށްދާ މި ސޭލް ކުރިއަށްދަނީ މިއަދުން ފެށިގެން މި މަހުގެ 30 ގެ ނިޔަލަށެވެ. މި ސޭލްގައި ސައިކަލުގެ ރަޖިސްޓްރޭޝަން ފީއާއެކު ސައިކަލު ޖުމްލަ 42500 ރުފިޔާއަށް ލިބޭނެއެވެ. މިއީ ޖީއެން ސައިކަލު ލިބެން ހުންނަ އަގަށްވުރެ 2500 ރުފިޔާ ދަށް އަގެކެވެ.

ލޮޓަސް ބައިކް ޝޮޕުން މައުލޫމާތުދެއްވާގތުގައި މި ސޭލްގައި މޯލްޑިވްސް އިސްލާމިކް ބޭންކާއި އެމްއެފްއެލްސީގެ ކްރެޑިޓް ސްކީމް މެދުވެރިކޮށް އިންސްޓޯލްމެންޓަށްވެސް ހަމަ މި އަގުގައި ސައިކަލު ލިބިގެންދާނެއެވެ. އެ ފިހާރައިން ޖީއެން ސައިކަލުގެ ކަޅު އަދި ރަތްކުލަ ލިބެން ހުންނާނެ ކަމަށްވެސް ލޮޓަސް ބައިކް ޝޮޕުން ބުނެއެވެ.

ލޮޓަސް ބައިކް ޝޮޕް ހުންނާނީ ބުރުޒުމަގު، ލޭބަރ ރިލޭޝަންސް އޮތޯރިޓީ ކައިރީގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް