ކްރިމިނަލް ކޯޓާއި މިހާރު ހަވާލުވެގެން ހުންނެވި ގާޒީ އަލީ ރަޝީދު ދިރިއުޅުއްވާ ފްލެޓްގެ ބޭރު ދޮރުގައި ލިޔުމަށްފަހު ގެއްލުން ދީފި އެވެ.
ފުލުހުން ވިދާޅުވީ، ގާޒީ އަލީ ރަޝީދު ދިރިއުޅުއްވާ ފްލެޓްގެ ދޮރުގައި ލިޔުމަށްފަހު ދޮރަށް ގެއްލުން ދީފައިވާ މައްސަލަ ހުށަހަޅާފައި ވަނީ ރޭ ފަތިހު 5:30 ހާއިރު ކަމަށެވެ.
ދޮރަށް ގެއްލުން ދިނުމަށް ބޭނުންކުރިކަމަށް ބެލެވޭ ހަތިޔާރު ކަމަށްވާ ކޯރާޑީއެއް ފްލެޓް ދޮރުމަތިން ފެނިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
ފްލެޓްގެ ދޮރުގައި ލިޔެފައިވާ އެއްޗެއް ފުލުހުން ހާމަކޮށްފައިނުވާއިރު، މި މައްސަލާގައި އަދި އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ. މި މައްސަލައިގައި ބަލަންޖެހޭ ކަންކަން ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އަޅައި ފުލުހުން ދަނީ މައްސަލަ ތަހުޤީޤު ކުރަމުންނެވެ.
ގާޒީ އަލީ ރަޝީދު ފަނޑިޔާރުކަން ކުރައްވަމުން ގެންދަވާތާ ތޭރަ އަހަރަށްވުރެ ގިނަދުވަސް ވެއްޖެ އެވެ. އަލީ ރަޝީދު ކްރިމިނަލް ކޯޓާއި ހަވާލުވީ، އެކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ނަސްރުގެ ދުވަހާއި ގުޅުގެން ވައިބަރ ގުރޫޕަކަށް ފޮނުވި ފޮޓޯއަކާއި ގުޅިގެން ސަސްޕެންޑް ކުރުމުގެ ސަބަބުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް