އޮސްޓްރޭލިއާގެ ޑިފެންސް މިނިސްޓަރާއި މިނިސްޓަރު މާރިއާ ބައްދަލުކުރައްވައިފި

އޮސްޓްރޭލިއާގެ ޑިފެންސް މިނިސްޓަރު، ލިންޑާ ރެނޯލްޑްސް އާއި ރާއްޖޭގެ ޑިފެންސް މިނިސްޓަރު އަލްއުސްތާޛާ މާރިޔާ އަހްމަދު ދީދީ ބައްދަލުކުރައްވައިފި އެވެ. އޮސްޓްރޭލިޔާގެ ވެރިރަށް ކެންބެރާގައި އިއްޔެ ކުރިއަށ...

12 Nov 2019 | 04:28

އޮސްޓްރޭލިއާގެ ޑިފެންސް މިނިސްޓަރު، ލިންޑާ ރެނޯލްޑްސް އާއި ރާއްޖޭގެ ޑިފެންސް މިނިސްޓަރު އަލްއުސްތާޛާ މާރިޔާ އަހްމަދު ދީދީ ބައްދަލުކުރައްވައިފި އެވެ.

އޮސްޓްރޭލިޔާގެ ވެރިރަށް ކެންބެރާގައި އިއްޔެ ކުރިއަށްދިޔަ މި ބައްދަލުވުމުގައި، އޮސްޓްރޭލިޔާ އާއި ދިވެހިރާއްޖެ ހިމެނޭ އިންޑޯޕެސިފިކް ސަރަހައްދަކީ ރައްކާތެރި ސަރަހައްދެއްގެ ގޮތުގައި ބޭއްވުމަށް ދެގައުމުގެ މިނިސްޓަރު ވަނީ ވާހަކަ ދައްކަވާފައެވެ.

މީގެއިތުރުން، ދެގައުމުގެ ޑިފެންސް ސެކްޓަރުގެ ގުޅުން އިތުރަށް ފުޅާކޮށް، ބަދަހިކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

މިނިސްޓަރު މާރިޔާ އޮސްޓްރޭލިއާ އަށް ވަޑައިގެންނެވީ މެލްބަންގައި ކުރިއަށްދިޔަ މަހާސިންތާއެއްގައި ބައިވެރިވުމަށެވެ. މިނިސްޓަރު ވަނީ މިމަހާސިންތާގައި ތަޤްރީރު ކުރައްވާފައެވެ.

"ނޯ މަނީ ފޮރ ޓެރަރ - މިނިސްޓީރިއަލް ކޮންފެރެންސް އޮން ކައުންޓަރ ޓެރަރިޒަމް ފައިނޭންސިންގ" ގެ ނަމުގައި ކުރިއަށްދިޔަ މި ބައިނަލްއަޤްވާމީ މަހާސިންތާގައި ތަޤްރީރުކުރައްވަމުން، މިނިސްޓަރ މާރިޔާ ވަނީ، ޓެރަރިޒަމާ ދެކޮޅަށް ސަރުކާރުން ގެންގުޅުއްވާ "ޒީރޯ ޓޮލަރެންސް ޕޮލިސީ" ގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި މާލީގޮތުން ޓެރަރިޒަމަށް ވާގިދިނުން ހުއްޓުވުމަށްޓަކައި، މި ސިޔާސަތުގެ ދަށުން، ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ މައްޗަށް އެކަމަނާ ވަނީ ބައްލަވާލައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް