މަޖިލީހުގެ އިދާރާގައި މައިންގެ ކޮޓަރިއެއް ހަދައިފި

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި އަންހެނުންނަށް ހާއްސަކޮށް މައިންގެ ކޮޓަރިއެއް ހަދައިފި އެވެ. މިއަދުގެ މަޖިލީހުގެ ޖަލްސާގައި ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެ ކަޓަރީގެ ބޭނުން މިއަދު ކުރަން ފަށާފަ...

12 Oct 2020 | 10:36

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި އަންހެނުންނަށް ހާއްސަކޮށް މައިންގެ ކޮޓަރިއެއް ހަދައިފި އެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެ ކަޓަރީގެ ބޭނުން މިއަދު ކުރަން ފަށާފައިވާ ކަމަށެވެ. މި ކޮޓަރީގައި ކުދިންނަށް ކުޅެވޭނެ ގޮތަށާއި އެ ކުދިން ގޮވައިގެން މައިންނަށް އުޅެވޭނެ ގޮތް ހަމަޖައްސާފައިވާނެ ކަމަށެވެ.

ނަޝީދު ވިދާޅުވީ އެމަނިކުފާނަށް ވަގުތެއް ވެއްޖެ ނަމަ އެ ތަނުގައި ކުދިން ތިބޭވަގުތުތަކުގައި ކުދިންނާއި އެކު ވަގުތު ހޭދަ ކުރައްވާނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ މި ކޮޓަރި ހެދުމުގެ ބޭނުމަކީ ބައެއް ވަގުތުތަކުގައި އެ ކުދިން ބައިތިއްބާނެ ތަނެއް ނެތިގެން އުޅެން ޖެހޭ ހާލަތުގައި ބަލާނެ އެހެން މީހަކު ހަމަޖެހެންދެން އޮފީސް ގަޑީގައި ކުދިން ބައިތިއްބާނެ ތަނެއް މަޖިލީހުގެ މުވައްޒަފުންނަށް އެ އިިދާރާގައި ހަމަޖައްސައި ދިނުން ކަމަށެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި މަޖިލީހުގައި އެ އިންތިޒާމު ހަމަޖެއްސިޔަސް އެންމެ ރނގަޅު ގޮތަކީ އާއިލާގެ ގާތުގައި ކުދިން ބޭތިއްބުމެވެ.

ނަޝީދުގެ ވާހަކަފުޅުން ދޭހަވިގޮތުގައި އެ ކޮޓަރިއަކީ މެމްބަރުންނަށް ހާއްސަކޮށްގެން ހަދާފައިވާ ކޮޓަރިއެކެވެ. ރައްޔިތުންގެ މަޖިލީހުގެ އިދާރާއަކީ ގިނަ އަދަދެއްގެ އަންމެން މުވައްޒަފުން މަސައްކަތް ކުރާ ތަނެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް