ބަޔަކު މަރަން ސޯޝަލް މީޑިއާގައި ގޮވި ދިވެއްސަކު ހައްޔަރުކޮށްފި

ސޯޝަލް މީޑިއާގައި މީހުން މެރުމަށާއި އަނިޔާވެރި އަމަލުތައް ހިންގުމަށް ގޮވާލައި ޕޯސްޓްތައް ކުރަމުންދިޔަ ދިވެއްސަކު ހައްޔަރުކޮށްފިއެވެ. މީޑިއާތަކަށް މައުލޫމާތުދެއްވަމުން ފުލުހުން ވިދާޅުވީ މުޖްތަމައުތެރޭގ...

12 Oct 2019 | 18:25

ސޯޝަލް މީޑިއާގައި މީހުން މެރުމަށާއި އަނިޔާވެރި އަމަލުތައް ހިންގުމަށް ގޮވާލައި ޕޯސްޓްތައް ކުރަމުންދިޔަ ދިވެއްސަކު ހައްޔަރުކޮށްފިއެވެ.

މީޑިއާތަކަށް މައުލޫމާތުދެއްވަމުން ފުލުހުން ވިދާޅުވީ މުޖްތަމައުތެރޭގައި ބިރުވެރިކަން އުފެދޭގޮތަށް މީހުންގެ ފުރާނަޔަށް ގެއްލުން ދިނުމަށާއި އަނިޔާވެރި އަމަލުތައް ހިންގުމަށް ގޮވާލާ، ޓެރަރިސްޓް ޖަމާއަތްތަކުގެ ނިޝާންތަކާއި ލިޔެކިޔުންތައް ސޯޝަލް މީޑިއާގައި ޕޯސްޓްކޮށް ހާމަކުރަމުންދިޔަ 27 އަހަރުގެ ފިރިހެނަކު މިރޭ ފުލުހުން ހައްޔަރުކޮށްފައިވާކަމަށެވެ.

ފުލުހުން އިތުރަށް ވިދާޅުވީ އެމީހަކު ހައްޔަރުކޮށްފައިވަނީ އަތޮޅުތެރެއިން ކަމަށެވެ. ނަމަވެސް އެއީ ކޮން އަތޮޅެއްކަން، ކޮން ރަށެއްކަން ހާމަކޮށްފައެއް ނުވެއެވެ.

ތަފްސީލް އަންނަނީ....

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް