ދީނަށް ލޯބިކުރުމުގެ ނަމުގައި މަދު ބަޔަކު ވިއްކަނީ ހަރުކަށި ފިކުރު: ރައީސް ނަޝީދު

އިސްލާމްދީނަށް ލޯބި ކުރުމުގެ ނަމުގައި މަދު ބަޔަކު ވިއްކަނީ ހަރުކަށި ފިކުރު ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ މިރ...

12 Oct 2019 | 17:47

އިސްލާމްދީނަށް ލޯބި ކުރުމުގެ ނަމުގައި މަދު ބަޔަކު ވިއްކަނީ ހަރުކަށި ފިކުރު ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ މިރޭ ކުރެއްވި ޓްވީޓެއްގައެވެ.

އިސްލާމް ދީނަށާއި ރަސޫލާ ޟައްލަﷲ އަލައިހި ވަސައްލަމައަށް ފުރައްސާރަކޮށް މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓްގެ ކަވަރު ފޮޓޯއާއެކު ރައީސް ނަޝީދު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ "މި މަންޒަރަށް، މި ތަސައްވަރަށް، މި ވިސްނުމަށް އެއްގޮތަކަށްވެސް ޖާގަދެވިގެން ނުވާނެ" ކަމަށެވެ.

"ހަރުކަށި ފިކުރުގެ މަދު ބަޔަކު އިސްލާމް ދީނަށް ލޯބި ކުރުމުގެ ނަމުގައި ވިއްކަނީ މި ވިސްނުން" ރައީސް ނަޝީދުގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު އެމަނިކުފާނުގެ ޕާޓީ، އެމްޑީޕީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ މަސައްކަތް ހުއްޓުވައި އެފަދަ ތަންތަން އުވާލުމަށް ތަރުހީބު ނުދޭނެކަމަށެވެ.

އެމްޑީޕީން މިހެން ބުނެފައިވަނީ އެމްޑީއެން މިވަގުތު ވަނީ ސަސްޕެންޑުކޮށްފައެވެ. އެމްޑީއެންއިން ނެރުނު ރިޕޯޓްގެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް