ނިއުޒިލޭންޑް ކައުންސިލް އިންތިހާބެއް ދިވެއްސަކު ކާމިޔާބު ކޮށްފިއެވެ.
އިންތިހާބު ކާމިޔާބުކުރީ އެ ގައުމުގައި 20 އަހަރަށްވުރެ ގިނަ ދުވަހު އުޅެފައިވާ ޝާޒްލީ ރަޝީދެވެ. އޭނާ މި އިންތިހާބު ކާމިޔާބު ކުރީ އިތުރު ހަ މީހަކާއި ވާދަ ކޮށްގެންނެވެ. ޝާޒްލީ ވަނީ އިންތިހާބުގައި 8000އަށްވުރެ ގިނަ ވޯޓު އިންތިހާބުގައި ހޯދާފައެވެ.
ނިއުޒީލެންޑުގައި ދިރިއުޅެމުން އަންނަ ޝާޒްލީ ބުނީ ހަޓްސިޓީ އަކީ އާއިލާއެއް ބިނާކުރުމަށް ވެސް، ވިޔަފާރީއެއް ފެށުމަށް ވެސް އެކަށޭނެ ސިޓީއެއް ކަމަށާއި ނަމަވެސް މިހާރަށް ވުރެ ރަނގަޅަށް އެ ސިޓީގައި ކަންކަން ކުރެވޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.
އެގޮތުން ހަޓްސިޓީގެ ކައުންސިލަރު ކަމަށް ކުރިމަތިލީއިރު، އޭނާގެ އަމާޒަކީ ހަޓް ސިޓީއަކީ އިތުރު ވިޔަފާރިތަކަށް ހުޅުވާލެވިފައިވާ އިތުރު އިންވެސްޓްމަންޓްތަށް ކުރެވޭ އަދި ވަޒީފާގެ ފުރުސަތުތަކަށް ވެސް ޖާގައޮތް ސިޓީއަކަށް ހެދުން ކަމަށެވެ. މީގެއިތުރުން އެ ސިޓީއަކީ ރައްކާތެރި އަދި އާއިލާއެއް ބިނާކުރުމަށާއި ވިޔަފާރިތައް ވެސް ފެށުމަށް އެކަން ބަރާބަރު ސިޓީއަށް ހެދުމަކީ އަމާޒެއް ކަމަށް ޝާޒްލީ ބުނެފައިވެއެވެ.
ނިއުޒިލޭންޑްގައި ޝާޒްލީ ދިރިއުޅެމުން އަންނައިރު އޭނާ އަންނަނީ ހަޓްސިޓީގައި އަމިއްލަ ވިޔަފާރި އެއް ވެސް ހިންގަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް